މާލެ: 31°C

ސްވިޑެންގައި ގުރުއާން އެންދުމާ ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމެއް

July 2, 2023
2 ފަހަރު ބަލާފައި
ސްވިޑެންގައި ގުރުއާން އެންދުމާ ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމެއް
ސްވިޑެންގައި ގުރުއާން އެންދުމާ ގުޅިގެން އޯއައިސީގެ ކުއްލި ބައްދަލުވުމެއް
ނިމި ދިޔަ އަޝްހާ އީދު ދުވަހާ ސްވިޑަންގައި ގުރުއާނުގެ މުސްހަފެއް އެންދުމުގެ ސަބަބުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފި އެވެ. އެ ބައްދަލުވުން އޮންނާނީ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މައި މަރުކަޒުގައި މިއަދު މެންދުރު ވަގުތެއްގައެވެ. އިރާގުގެ 37 އަހަރުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު މިދިޔަ ބުދަ ދުވަހު ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް އަލިފާން ރޯކޮށްލުމާ ގުޅިގެން މުސްލިމުންނާއި އަރަބި ދުނިޔޭގެ ނުރުހުން ވަނީ ސްވިޑެންއާ މެދު އިތުރުވެފައެވެ. މި ބައްދަލުވުމުގައި ސްވިޑަންގައި ގުރުއާން އެންދުމާ ގުޅިގެން އެފަދަ އަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯއައިސީ އިން ގުޅިފައިވާ ބަޔާނެއް ނެރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޯއައިސީ އިން ވަނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް، މިކަމުގައި ޝާމިލްވާ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ. އަދި ގުރުއާނާއި އެހެނިހެން އިސްލާމީ ރިވެތި އަހްލާގާއި ނިޝާންތަކަށް އިހުތިރާމް ކުޑަކޮށް ކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންކުރުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ