މާލެ: 31°C

ސްވިޑެން ގައި ގުރުއާން އެންދި މައްސަލަ ހޫނުވެއްޖެ

January 23, 2023
2 ފަހަރު ބަލާފައި
ސްވިޑެން ގައި ގުރުއާން އެންދި މައްސަލަ ހޫނުވެއްޖެ
ސްވިޑެން ގައި ގުރުއާން އެންދި މައްސަލަ ހޫނުވެއްޖެ

ސްވިޑެންގެ ސިޔާސީ ޕާޓީއެއް ލީޑަރަކު ގުރުއާން އަންދައިފިއެވެ.

ހަރުކަށި ވިސްނުމެއް ގެންގުޅޭ ސިޔާސީ ޕާޓީ "ފާ-ރައިޓް ޑެނިޝް ޕާޓީ" ގެ ލީޑަރު ރަސްމޫސް ޕަލޫޑާން ސްވިޑެންގައި ގުރުއާން އަންދާލީ ތުރުކީގެ އެމްބަސީގެ ކުރިމަތީގައެވެ. ގުރުއާން އެންދީ ނޭޓޯގެ މެންބަރުކަން ހޯދަން ސްވިޑެން ކުރާ މަސައްކަތަށް ތުރުކީން ތާއީދު ނުކުރާނެ ކަމަށް ބުނުމުންނެވެ.

އެތަނުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ނުދެކޭނަމަ އެހެން ތަނެއްގައި އުޅެން ޖެހޭނެ ކަމަށެވެ. ތުރުކީގެ ހާރިޖީ ވުޒާރާއިން ވަނީ އެ އަމަލު ކުށްވެރިކޮށް ވަގުތުން ރައްދު ދީފައެވެ. "އަޅުގަނޑުމެންގެ މާތް ފޮތަށް ދިން ނުބައި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން... ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މުސްލިމުންނަށް އަމާޒުކޮށް، އަޅުގަނޑުމެންގެ މަތިވެރި އަސާސްތަކަށް ފުރައްސާރަކުރާ މި އިސްލާމްދީނާ ދެކޮޅު ގާނޫނަށް ހުއްދަ ދިނުމަކީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން،" މިނިސްޓްރީން ބުންޏެވެ. ސައުދީ އަރަބިއްޔާ، އުރުދުން އަދި ކުވައިތު ފަދަ އަރަބި ބައެއް ގައުމުތަކުން ވެސް ވަނީ ގުރުއާން އަންދާލުން ކުށްވެރިކޮށްފަ އެވެ. ސައޫދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި ގޮވާލާފައިވަނީ މަޝްވަރާއާއި ކެތްތެރިކަމާއި އެކުވެރިކަމުގެ އަސާސްތައް ފެތުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ