މާލެ: 31°C

ސްވިޑަންގައި ޤުރުއާން އަންދާލި 2 މީހުންގެ މައްޗަށް ދައުވާކޮށްފި

August 30, 2024
7 ފަހަރު ބަލާފައި
ސްވިޑަންގައި ޤުރުއާން އަންދާލި 2 މީހުންގެ މައްޗަށް ދައުވާކޮށްފި
ސްވިޑަންގައި ޤުރުއާން އަންދާލި 2 މީހުންގެ މައްޗަށް ދައުވާކޮށްފި
ސްވިޑަންގައި 2023 އަހަރު ކުރި މުޒާހަރާތަކުގައި އެތައް ފަހަރަކު ގުރުއާން އަންދާލި ދެ މީހުންގެ މައްޗަށް ޝަރީއަތް ކުރަން އެގައުމުން ނިންމައިފިއެވެ. އެގައުމުގެ ޕްރޮސެކިއުޓަރުން މީޑިއާތަކަށް ދީން ބަސްދީގަތުމެއްގައި ބުނެފައިވަނީ މި ދިޔަ އަހަރު އެ ގައުމުގައި މުސްލިމުންނާ ދެކޮޅަށް ކުރި މުޒާހިރާ ތަކުގައި ސަލްވާން މޮމިކާ އާއި ސަލްވާން ނަޖެމް ވަނީ މުސްލިމުންގެ މުގައްދަސް ފޮތް އަންދާލާފައިކަމަށާއި، އެ އަމަލަކީ އެގައުމުގެ ގާނޫނުތައް ހުއްދަކުރާ ކަމެއް ނޫންކަމަށާއި އެ 2 މީހުންގެ މަށްޗަށް އެ އަމަލު ހިންގިއިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަށް ހެކީގެ ގޮތުގައި ހުށަހަޅާފައވާ ކަމަށެވެ. ސްވިޑެންގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މަލްމޯގައި 2022 ވަނަ އަހަރު ބޭއްވި މުޒާހަރާގެ ތެރެއިން ގުރުއާން އަންދާލުމުގެ ލުމުގެ ކުށުގައި ސްވިޑެން-ޑެންމާކްގެ ކަނާތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ރަސްމުސް ޕަލޫދާންގެ މައްޗަށް ވެސް މި މަހު އެފަދަ ދައުވާއެއް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރު ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ