ސުމަޓްރާ އަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

ސުމަޓްރާ އަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
ލިޔުން:
އިންޑޮނޭޝިއާގެ ސުމަޓްރާ އައިލެންޑްގެ ހުޅަނގުން 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ކުޑަ ވަގުތުކޮޅެއްގެ ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް އިންޑޮނޭޝިއާގެ ޖިއޮފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނެފިއެވެ.
އެ އިންޒާރުގައި ވަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުން ގޮނޑުދޮށުން ދުރަށް ދިއުމަށް ވަގުތުން އިރުޝާދު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. ނަމަވެސް އޭގެ ފަހުން ސުނާމީގެ އިންޒާރު އުވާލާފައިވާ ކަމަށް ދި ގާޑިއަން ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
ބީއެމްކޭޖީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ފަތިހު 3:00 ހާއިރު 84 ކިލޯމީޓަރު އަޑިން ކަމަށާއި ގާތްގަނޑަކަށް ހަތަރު މެގްނިޓިއުޑްގެ އާފްޓާޝޮކްތަކެއް ފެނިފައިވާ ކަމަށެވެ.
އިންޑޮނީޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނީ ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުން ކައިރީގައިވާ ރަށްރަށުން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
