މާލެ: 31°C

ސޫދާން ހަނގުރާމަ: ވެރިރަށުން މީހުން ފައިބަން ފަށައިފި

April 20, 2023
2 ފަހަރު ބަލާފައި
ސޫދާން ހަނގުރާމަ: ވެރިރަށުން މީހުން ފައިބަން ފަށައިފި
ސޫދާން ހަނގުރާމަ: ވެރިރަށުން މީހުން ފައިބަން ފަށައިފި
ސޫދާނުގެ ވެރިރަށް ހަރްތޫމްގައި ހިނގަމުންދާ ހަމަނުޖެހުންތައް ހެދ އެތައް ހާސް ބަޔަކު އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުކަށް ދާން ފަށައިިފިއެވެ. ޖަޕާނާއި ޓެންޒޭނިއާ ފަދަ ބޭރުގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ރައްޔިތުން ބޭލުމަށް މިޝަންތަކާ މެދު މަޝްވާރާ ކުރަމުންނެވެ. ބުދަ ދުވަހުގެ ހަވީރުގެ ވަގުތަށް ޕެރަމިލިޓަރީ ފޯސްއިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވީ ނަމަވެސް އަސްކަރިއްޔާއިން އަދި އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.  ތެލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ދަތިކަން ކުރިމަތިވެ، ގިނަ ބަޔަކު ފައިމަގުގައި ނުވަތަ ޓްރަކްތަކުގައި އެމީހުންގެ އާއިލާތައް ދިރިއުޅޭ މެދުތެރެއާއި ހުޅަނގު ސޫދާންއާ ދިމާލަށް ފިލަން ވަނީ މަޖުބޫރު ވެފައެވެ. ހަރްތޫމްގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވަމުންދާއިރު، ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ސޫދާނުން ބޭލުމަށް ތައްޔާރުވާން ފަށާފައެވެ. ޖަޕާނުގެ ގާތްގަނޑަކަށް 60 އެއްހާ ރައްޔިތުން ނެރޭނެ ގޮތަކާ މެދު އެގައުމުގެ ސެލްފް ޑިފެންސް ފޯސްއިން ދަނީ މަޝްވަރާ ކުރަމުންނެވެ. ޓެންޒޭނިއާގެ ހާރިޖީ ވަޒީރު ސްޓާގޯމޭނާ ޓެކްސް ޕާލަމެންޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓެންޒޭނިއާގެ 210 ރައްޔިތަކު އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސޫދާނުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާ މީހުން ނެރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ސީދާ އަދަދު ނޭނގުނު ނަމަވެސް ސެންޓްރަލް ކޮމިޓީ އޮފް ސޫދާންޑޮކްޓާސް (ސީސީއެސްޑީ) އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުންގެ 174 މީހަކު ވަނީ މަރުވެފައެވެ. ބުދަ ދުވަހު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް އަދި އިތުރު 12 ގައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަރުވި މީހުންގެ އަދަދު 270 އަށް އަރާފައިވާ ކަމަށް ބުނެފައެވެ. ހަރްތޫމްގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށް ނެރެފައިވާ މި ބަޔާނުގައި ވަނީ އާންމުންނާއި ޑިޕްލޮމެޓުންނާއި އިންސާނީ އެހީތެރިންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް ސޫދާންގެ އަސްކަރީ ލީޑަރުން، ލަސްނުކޮށް ސުލްހަވެރި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ