ސޫދާނުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ އަސްކަރީ ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސެސް އާ ދެމެދު ފެށި ހަނގުރާމާގައި 100 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ހަނގުރާމަ ފެށުނީ ދެ އަހަރެއް ކުރިން ބަގާވާތަކުން ގެނައި އަސްކަރީ ޖެނެރަލުން، މަދަނީ ސަރުކާރެއް ގާއިމްކުރުމުގެ މައްސަލައިގައި ދެ ފަރާތުގެ މެދުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ. ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 100 އެއްހާ މީހުން މަރުވެ، 1100 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ޑޮކްޓަރުންގެ ޔޫނިއަނަކުން ވަނީ ބުނެފައެވެ. ވެރިރަށް ހަރްތޫމްގެ މުހިންމު ސަރަޙައްދުތަކުގެ ކޮންޓްރޯލް ދެފަރާތުން ވެސް ވަނީ ހޯދާފައެވެ. ޒަހަމްވި މީހުން ނެރުމުގެ ހުއްދަ ދިނުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް، އެއަށް އަމަލުކުރީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެއެވެ. ޚަރްތޫމްގެ ހޮސްޕިޓަލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، މުވައްޒަފުންނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ބޭނުންވާ މީހުންނަށް ފޯރުކޮށްދިނުން ވަނީ މަދުވެފައެވެ. މި ހަމަނުޖެހުންތަކުގެ އަސްލަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އުމަރު އަލް ބަޝީރު މަގާމުން ދުރުކުރި ބަގާވާތަށް ފަހު ސޫދާން މަދަނީ ވެރިކަމަށް ބަދަލުވާންވީ ގޮތާ މެދު ތަފާތު ހިޔާލުތަކެއް ގެންގުޅޭ އެގައުމުގެ އަސްކަރީ ލީޑާޝިޕްގެ ތެރޭގައި ހިނގަމުންދާ ބާރުގެ ހަނގުރާމައެކެވެ. ފާއިތުވި ދެ ދުވަހު އާރްއެސްއެފް އިން ވަނީ ހަރްތޫމްގެ ރިޔާސީ ގަނޑުވަރުގެ އިތުރުން އޮމްދުރުމަން ސިޓީ، ދާރްފޫރު ސަރަހައްދު އަދި އުތުރުގެ މެރޯ އެއާޕޯޓުގެ އެކި ތަންތަން ކޮންޓްރޯލު ހޯދާފައެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަސްކަރިއްޔާއިން އެއާޕޯޓުގެ ކޮންޓްރޯލް އަލުން ހޯދާފައިވާ ކަމަށެވެ. އާރްއެސްއެފްއިން ވެރިރަށުގެ މުހިންމު ތަންތަން ހިފާފައިވާ ކަމަށް ބުނާ ވާހަކަ އަސްކަރިއްޔާއިން މީގެ ކުރިން ދޮގުކޮށްފައިވާއިރު، އާރްއެސްއެފްގެ ބޭސްތަކަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އަސްކަރިއްޔާގެ ކޮންޓްރޯލް އަލުން ހޯދަމުންދާ ކަމަށް މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.ސޫދާން ގައި ހިނގަމުންދާ ހަނގުރާމާގައި 100 މަރު

ސޫދާން ގައި ހިނގަމުންދާ ހަނގުރާމާގައި 100 މަރު
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
