ސްރީލަންކަން އެއާލައިންގެ 6000 މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު

ސްރީލަންކަން އެއާލައިންގެ 6000 މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު
ލިޔުން:
ސްރީލަންކަން އެއާލައިންސްގެ 6،000 މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ލަންކާގެ ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވެއްޖެއެވެ.
އެ އެއާލައިނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން އެ އެއާލައިނަށް ފަންޑު ކުރުމުގެ ބުރަ ސަރުކާރަށް އިތުރަށް ދެމެހެއްޓޭނެ ގޮތެއް ނެތެވެ.
މިހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ހަމަހަމަ ގައުމެއް ބިނާކުރުމަށް ވެފައިވާ ވައުދުގެ ދަށުން ދެފުށް ފެންނަ ރީސްޓްރަކްޗާ ޕްރޮސެސްއެއް ހިންގުމަށް ބައިނަލްއަގުވާމީ މާލީ މާހިރުންގެ އެހީތެރިކަން ހޯދަމުންނެވެ.
އެމިރޭޓްސް އެއާލައިންސްގެ ބެލުމުގެ ދަށުގައި އޮތް މުއްދަތުގައި ސްރީލަންކަން އެއާލައިންސް އަށް މީގެ ކުރިން 30 މިލިއަން ރުޕީސްގެ ފައިދާއެއް ލިބުނު ނަމަވެސް އެ ނޫން ގޮތަކަށް ފައިދާ ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މިހާރު އެއެއާލައިނަށް 1.2 ބިލިއަން ޑޮލަރުގެ ދަރަންޏެއް އޮތްއިރު، އެ އެއާލައިނަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރީސްޓްރަކްޗާ ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންގައި އެއާލައިންގެ 51 އިންސައްތަ ހިއްސާ ހިފަހައްޓައި، ބާކީ 49 އިންސައްތަ އެހެން އިންވެސްޓަރަކަށް ހުށަހެޅުން ހިމެނެއެވެ. ރީސްޓްރަކްޗާ ކުރުމުގެ ޕްރޮޕޯސަލް ކެބިނެޓަށް ހުށަހެޅީ މީގެ ހަ މަސް ކުރިންނެވެ.
އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ބޭރު ފައިސާގެ ދަތިކަން ވެސް ހުރުމުގެ ސަބަބުން، ކުރިން ލިބުނު ފަދައިން އެ އެއާލައިނަށް ލިބުނު ގެއްލުން ފޫބެއްދުމަށް މާލީ އެހީތެރިކަން މިހާރު ސަރުކާރަށް ނުދެވޭނެއެވެ. އެހެންކަމުން ސްރީލަންކަން އެއަރލައިންސް ރީސްޓްރަކްޗަރ ކުރުމަށް ވަނީ ނިންމާފައެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރީސްޓްރަކްޗާގެ މަސައްކަތް ނިންމައި މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، ފާހަގަކުރެވިފައިވާ އިންވެސްޓަރަށް ބަދަލުކުރުމެވެ. އަމާޒަކީ ސްރީލަންކަން އެއާލައިންސްގެ ޕާފޯމަންސް ރަނގަޅުކޮށް، އެ އެއާލައިންގެ މުވައްޒަފުންގެ ވަޒީފާ ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެއާލައިން އިންޑަސްޓްރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސްރީލަންކާއަށް ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދަތިތަކާ އެކު ވެސް ސަރުކާރުން ވަނީ ބަލިމަޑުކަމުގެ ތެރޭގައި އެ އެއާލައިންގެ ޕައިލެޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
