މާލެ: 31°C

ދެކުނު ކޮރެޔާ ގޮތަށް ލަންކާވެސް ކުރިއަރާތަން ބަލަން ބޭނުން: ރަނިލް

July 29, 2023
2 ފަހަރު ބަލާފައި
ދެކުނު ކޮރެޔާ ގޮތަށް ލަންކާވެސް ކުރިއަރާތަން ބަލަން ބޭނުން: ރަނިލް
ދެކުނު ކޮރެޔާ ގޮތަށް ލަންކާވެސް ކުރިއަރާތަން ބަލަން ބޭނުން: ރަނިލް
2048 ވަނަ އަހަރުގެ ކުރިން ސްރީލަންކާއަކީ ދެކުނު ކޮރެއާ ފަދަ ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެދޭ ކަމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހާ ވިދާޅުވެއްޖެއެވެ. ރަނިލް އެހެން ވިދާޅުވީ ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޯރީގައި ބައިވެރިވާ ސްރީލަންކާގެ ސްކައުޓުންގެ ވަފުދާ ވާހަކަފުޅު ދައްކަވަމުން ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ މީގެ ކުރިން ކޮރެއާ އަކީ ސްރީލަންކާއަށް ވުރެ ފަގީރު ގައުމެއް ކަމަށެވެ. ނަމަވެސް 1965 ވަނަ އަހަރުން ފެށިގެން އެ ގައުމުން ނިންމީ އެކުގައި ގައުމު ކުރިއަރާފައިވާ ކަމަށެވެ. "އެމީހުންގެ މަގަށް އަހަންނަކަށް ތަބާއެއް ނުވެވުނު، އަޅުގަނޑު އެދެނީ 2048 ވަނަ އަހަރު އަންނަންވާއިރަށް ސްރީލަންކާއަކީ ކޮރެއާ ފަދަ ކުރިއަރާފައިވާ ގައުމަކަށް ހަދަން،" ރަނިލް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮރެއާ ދިޔަ މިސްރާބަކަށް ލަންކާއަށް ނުދެވުނު ކަމަށެވެ. ގައުމު ތަރައްގީ ކުރަން ލަންކާއިން އެއްވެސް ވަރަކަށް ވިސްނާފައި ނުވާ ކަމަށް ވިދާޅުވިއެވެ. ހުރިހާ އެއްޗެއް ހިލޭ ލިބެމުން ގޮސް އެންމެ އެންމެ ފަހުން ގައުމު ބަނގުރޫޓުވެގެން ދިޔައީ ކަމަށް ވިދާޅުވިއެވެ. ގައުމާ ހަވާލުވީ ބަނގުރޫޓުކަމުން އަރައިގަނެ ގައުމު ތަރައްގީކުރުމަށްޓަކައި ކަމަށާއިޮ ކުރިން ތިބި ހިސާބަށް އެނބުރި ދާކަށް ނޫން ކަމަށެވެ. ރަނިލް ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި ކުރީގެ ގޮތްތައް ބޭނުންނުކުރެވޭނެ ކަމަށާއި ކޮރެޔާއިން އާ ވިސްނުމަކަށް ގޮސް އެއްވެސް މީހަކަށް ހީވެސް ނުކުރާ ފަދަ ގައުމަކަށް ވެގެން ދިޔައެވެ. އެހެންވީމާ، 2048 ވަނަ އަހަރު އަންނަންވާއިރަށް ގައުމު ތަރައްގީވެގެންދާތަން ދެކެން، ގައުމުގެ އެންމެހައި ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ