މާލެ: 31°C

ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިންކަމުގެ ތުހުމަތު

May 12, 2023
2 ފަހަރު ބަލާފައި
ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިންކަމުގެ ތުހުމަތު
ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިންކަމުގެ ތުހުމަތު
ރަޝިޔާއިން ޔޫކްރެއިން ގައި ކުރަމުންދާ ހަނގުރާމާއަށް ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިން ކަމަށް އެމެރިކާއިން ދެކުނު އެފްރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކުރެއްވި ތުހުމަތު ކޮށްފިއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވަނީ ވިދާޅުވެފައެވެ. ރަމަފޯސާގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ރިޓަޔާޑް ފަނޑިޔާރަކު އިސްވެ ހުންނަވައިގެން މިނިވަން އިންކުއަރީއެއް ފަށަން ނިންމާފައިވާ ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ރޫބެން ބްރިގެޓީ ވަނީ ޑިސެމްބަރު މަހު، ދެކުނު އެފްރިކާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިން ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ޑިސެމްބަރު 6 އިން ޑިސެމްބަރު 8، 2022 އާ ދެމެދު ސައިމަންސް ޓައުންގައި ރަޝިޔާގެ މުދާ އުފުލާ އުޅަނދު ލޭޑީ އާރް ޑޮކިން ބަނދަރުކުރި، އެއަށް ހަތިޔާރު އެރުވި" ސަފީރު ވިދާޅުވިއެވެ. ބްރިގެޓީ އެހެން ވިދާޅުވީ ދެކުނު އެފްރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ދެކުނު އެފްރިކާގެ މަތީ ފަންތީގެ ވަފުދަކާއެކު އެމެރިކާއަށް ވަޑައިގަތުމަށްފަހު އެނބުރި ޕްރިޓޯރިއާއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެމެރިކާއިން ވަނީ ރަޝިޔާއަށް އެއްވެސް ބާވަތެއްގެ "މެޓީރިއަލް" ސަޕޯޓެއް ނުދިނުމަށް ގައުމުތަކަށް އިންޒާރުދީފައެވެ. އަދި އެގޮތް ހިޔާރުކުރާ ފަރާތްތަކަށް ދުނިޔޭގެ އެންމެ މުހިންމު މާކެޓުތަކަށް ވަނުމަށް ހުރަސް އެޅުން ފަދަ ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ވަނީ ދީފައެވެ. ދެކުނު އެފްރިކާއިން މިދިޔަ ފެބްރުއަރީ މަހު ރަޝިއާ އާއި ޗައިނާއާ ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔައެވެ. އެކަމާއި ގުޅިގެން ގޮތުން އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ބުރާސްފަތި ދުވަހު ބްރިގެޓީ ވިދާޅުވީ ހަތިޔާރު ގެނައުމުގެ އިތުރުން ކަނޑުގެ އަސްކަރީ ތަމްރީނުތަކާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ދެކުނު އެފްރިކާގެ ވަފާތެރިކަމާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ