މާލެ: 31°C

"ސްމޫތީ" އުފެދުނު ގޮތް އިނގޭތަ؟

March 27, 2023
2 ފަހަރު ބަލާފައި
"ސްމޫތީ" އުފެދުނު ގޮތް އިނގޭތަ؟
"ސްމޫތީ" އުފެދުނު ގޮތް އިނގޭތަ؟
ސްމޫތީގެ މަފްހޫމު ހަގީގަތުގައި އެންމެ ފުރަތަމަ އުފެދުނީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. އެމެރިކާގެ ހުޅަނގު ސަހަރައްދުގައި އޭރު ހިންގި، ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ވިއްކާ ފިހާރަތަކުން ބްރެޒިލްގެ ރެސިޕީތަކަށް، މި ފައިދާ ހުރި މޭވާގެ ބުއިންތައް އުފައްދަވަން ފެށުމުންނެވެ. "ބަނާނާ ސްމޫތީ" އާއި "އަލަނާސި ސްމޫތީ" ގެ ރެސިޕީތައް އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1940 ގެ އަހަރުތަކުގެ ވާރިންގް "ބްލެންޑާ" ކެއްކުމުގެ ފޮތްތަކުންނެވެ. ފަސްދޮޅަހުގެ އަހަރުތަކުގައި މަގުބޫލުވި މި ސްމޫތީ ދިނަ މީހުންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ 1990 ގެ އަހަރުތަކުގައި ކޮފީ ޝޮޕްތަކާއި، ކެފޭތަކާއި ގްރޮސެރީ ފިހާރަތަކުގައި ތައްޔާރު ކޮށްފައި ހުންނަ އެކި މޭވާގެ ބުއިންތަކެއްގެ ގޮތުގައި ވިއްކުމުންނެވެ. ސްމޫތީ އަކީ ފިނިކޮށްފައި ހުންނަ، ތަފާތު ބާވަތްތައް ހިމެނޭ، ފޮނި ބުއިމެކެވެ. އެންމެ ގިނައިން ސްމޫތީ ތައްޔާރުކުރަނީ ތާޒާ މޭވާއިންނެވެ. މިހާރު ދޭތެރެ ދޭތެރެއިން ތަރުކާރީން ނުވަތަ ޗޮކްލެޓާއެކު ސްމޫތީ ހަދާ މީހުން ފެނެއެވެ. މި ބުއިމުގެ ތެރޭގައި ގަނޑު ކޮށްފައި ހުންނަ ފެނާއި (އައިސް ކިއުބް) ގަނޑު ކޮށްފައި ހުންނަ މޭވާ އަދި މާމުއި ހިމެނެ އެވެ. އަދި ގިނަ ފަހަރަށް ޔޯގަޓް ނުވަތަ ކިރު އަދި ބައެއް ފަހަރު އައިސްކްރީމް ވެސް ހިމެނެ އެވެ. މިއީ މިލްކްޝޭކް ގެ ބާވަތެއް ނަމަވެސް އެއަށްވުރެ އޮލަ އެއްޗެކެވެ. ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ވިއްކާ ކަމަށް މަޝްހޫރު، އެމެރިކާގެ ރެސްޓޯރެންޓް ޗެއިން އެއް ކަމަށްވާ ޓްރިސްޓް ކެފޭގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމީހުންގެ ސްމޫތީތަކުގައި ސަގާފީ ޕްލޭންއެއް (ގްރީކް ސްޓައިލް) އޯގަނިކް ޔޯގަޓްގެ ބާވަތެއް އެކުލަވާލުމުގެ ސަބަބުން ހުންނަނީ އޮލަ ޓެކްސްޗަރެކެވެ. އެމީހުން ބުނީ އެ ގްރީކް ސްޓައިލްގެ ޔޯގަޓް ބޭނުން ކުރަނީ ލެކްޓޯސް އިންޓޮލަރެންސް ރަނގަޅުކޮށްދިނުމާއި، ދިފާއީ ނިޒާމު އިތުރުކޮށްދިނުމާއި، ގޮހޮރާއި ޖިންސީ ގުނަވަނުގެ ސިއްހަތު ރަނގަޅުކޮށްދިނުމާއި، ކަށިތައް ވަރުގަދަކޮށްދިނުމާއި، ލޭގެ ޕްރެޝަރު ދަށްކޮށްދިނުމާއި، ބަރުދަން ލުއިކުރުމާއި، ކެންސަރު އެންޓި ފައިދާތަކެއް ވެސް ލިބިދޭތީ ކަމަށެވެ. ގްރީކް ޔޯގަޓްގެ އިތުރު ފައިދާއަކީ ސްޓޭންޑަޑް ޔޯގަޓަށް ވުރެ ހަކުރު މަދުވުން ކަމަށް ވެސް އެމީހުން މައުލޫމާތު ދެއެވެ. އެމީހުން ބުނި ގޮތުގައި އެންމެ ޒުވާން ކަސްޓަމަރުންނާއި އެންމެ ދުވަސްވީ ކަސްޓަމަރުންނަށް އެމީހުންގެ ސްމޫތީތައް ބޮޑަށް ކަމުދަނީ، އޭގެ ތާޒާ މޭވާގެ ރަހައާއި، ފޮނިކަމާއި ނުވަތަ ނިއުޓްރިޝަނަލް ވެލިއު (އެއީ ވިޓަމިން، ޑައިޓޭރިއަން ފައިބަރ އަދި އެންޓިއޮކްސިޑެންޓް ގިނައިން ހުންނަ އެއްޗެހި) ގެ ސަބަބުންނެވެ. ޓްރިސްޓް ކެފޭއިން ބުނީ އެމީހުން ސްމޫތީސް ތައްޔާރު ކުރަނީ އޯޑަރަށް ކަމަށާއި މިހާރު އެ ކެފޭއިން ލިބެން ހުންނަނީ ސްޓްރޯބެރީ/ދޮންކެޔޮ އަދި މާމުއި ސްމޫތީ ނަމަވެސް ހާއްސަ އެދުންތަކަށް ތަފާތި ބާވަތުގެ ބުއިން ތައްޔާރު ކުރަން މަސައްކަތްކުރާ ކަމަށެވެ.  ނަމަވެސް އެ ކެފޭއިން ބުނި ގޮތުގައި ގިނަ ކަސްޓަމަރުން ގަޔާވަނީ އެ ތިން މޭވާ އެއްކޮށްލުމުންނެވެ. އަނެއް ބަޔަކު އެދެނީ އެމީހުންގެ ސްމޫތީތައް ޔޯގަޓް ނުހިމެނޭ ގޮތަށް (ޑެއިރީ ނައްތާލާފައި) ހެދުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ