ސިންގަޕޫރުގައި އެއް ކިލޯގެ ޑްރަގް ޓްރެފިކް ކުރި މީހަކަށް މަރުގެ އަދަބު ދީފި

ސިންގަޕޫރުގައި އެއް ކިލޯގެ ޑްރަގް ޓްރެފިކް ކުރި މީހަކަށް މަރުގެ އަދަބު ދީފި
ލިޔުން:
2018 ވަނަ އަހަރު ސިންގަޕޫރު ގައި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި އުމުރުން 46 އަހަރުގެ ޓަންގަރާޖޫ ސުއްޕިއާ މަރުގެ އަދަބު ދީފައެވެ.
ޓަންގަރާޖޫ އަށް މަރުގެ އަދަބު ދީފައިމިވަނީ އޭނާއަށް މާފު ދިނުމަށް އެދި އާއިލާ އާއި އެކްޓިވިސްޓުންގެ ގޮވާލަމުން ދަނިކޮށެވެ. އޭނާގެ މަރުގެ ސެޓްފިކެޓް އޭނާގެ އާއިލާއަށް ލިބިފައިވާ ކަމަށް މަރުގެ އަދަބުތަކާ ދެކޮޅު ކެމްޕޭން ކުރާ ކާސްޓެން ހާން ޓްވިޓާގައި ވަނީ ބުނެފައެވެ.
ސިންގަޕޫރުގެ ޖަލު ހިދުމަތުގެ ތަރުޖަމާނަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޓަންގަރާޖޫ ހުކުމް ތަންފީޒުކޮށްފައިވަނީ އިރުމަތީ ފަރާތުގައި އޮންނަ ޗަންގީ ޖަލުގައި ކަމަށެވެ. .
އެޗްއާރުޑަބްލިއުގެ ޑެޕިއުޓީ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން ވަނީ ޓަންގަރާޖޫ ސުއްޕިއާ ދިން މަރުގެ އަދަބާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އޭނާ ވިދާޅުވީ ޓަންގަރާޖޫއާ ދެކޮޅަށް ހެކިތައް ސާފު ނުވާ ކަމަށެވެ. ތަހުގީގުގައި ތަމަޅަ ތަރުޖަމާނަކަށް އެދުނު ނަމަވެސް އެކަމަށް ފުލުހުން އިންކާރު ކޮށްފައިވާ ކަމަށެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ޓަންގަރާޖޫ ސުއްޕިއާ މަރާލުމަކީ "އައިރު ގާނޫނީ" ކަމެއް ކަމަށް ސިފަކޮށް، އެ ޝަރީއަތް ހިންގުމަކީ ބައިނަލްއަގްވާމީ ގާނޫނާއި މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
އދ. ހިއުމަން ރައިޓްސް ވޮޗްގެ ފިލް ރޮބަޓްސަން ސިފަކުރެއްވި ގޮތުގައި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި މަރުގެ އަދަބު ދިނުމަކީ ޒަމާނީ، ތަހުޒީބު ސިންގަޕޫރުގެ ސޫރަ ކިލަނބުވާ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
