މާލެ: 31°C

ސައުދީއާ އީރާނުގެ އެމްބަސީތައް ހުޅުވަން ތައްޔާރުވަނީ

April 30, 2023
2 ފަހަރު ބަލާފައި
ސައުދީއާ އީރާނުގެ އެމްބަސީތައް ހުޅުވަން ތައްޔާރުވަނީ
ސައުދީއާ އީރާނުގެ އެމްބަސީތައް ހުޅުވަން ތައްޔާރުވަނީ
ހަތް އަހަރު ފަހުން ސައުދީއާ އީރާނާ ދެމެދު އަލުން ގުޅުން އިޔާދަކޮށް ދެ ގައުމުތަކުގައި ހުރި އެމްބަސީތައް ހުޅުވަން ތައްޔާރުވެއްޖެއެވެ. ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުއްﷲޔަން ވިދާޅުވީ ގުޅުން ބަދަހި ކުރުމަށް، ދާދި ފަހުން އީރާނާ ސައުދީއާ ދެމެދު ޗައިނާގައި ވެވިގެން ދިޔަ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ. އެ ޕްރެސް ކޮންފަރެންސްގައި ހާރިޖީ ވަޒީރު ވިދާޅުވީ ސައުދީއަށް ވަޑައިގަތުމަށް ރަސްމީ ދައުވަތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ސައުދީ އަރަބިއްޔާ އާއި އީރާނުން މިދިޔަ މާޗް މަހު ޗައިނާއާއެކު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވަނީ ދެ މަސް ދުވަހުގެ ތެރޭގައި އެ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން ފަށައި އެމްބަސީތައް ހުޅުވަން އެއްބަސްވެފައެވެ. ދެ ގައުމުގެ ޓެކްނިކަލް ޓީމުތައް ވެސް ތެހެރާނާއި ރިޔާދަށް ޒިޔާރަތްކޮށް ދެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތައް އަލުން ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. ސައުދީން އީރާންއާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ޝިއާ މުސްލިމުންމަރުގެ އަދަބު ދިނުމާ ގުޅިގެން، އީރާނުގެ ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ