ސައުދީ-އީރާން ގުޅުން ބަދަހިކުރަން ނިންމުމުން އދ އިން މަރުހަބާ ކިޔައިފި

ސައުދީ-އީރާން ގުޅުން ބަދަހިކުރަން ނިންމުމުން އދ އިން މަރުހަބާ ކިޔައިފި
ލިޔުން:
މެދުއިރުމަތީގެ ސަރަހައްދީ ވާދަވެރިން ކަމަށްވާ އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން އެ ގުޅުން އާކުރަން އެއްބަސްވުމާއި ގުޅިގެން އދ. އިން މަރުހަބާ ކިޔައިފިއެވެ.
އެކަން އިއުލާންކޮށްފައި މިވަނީ ޗައިނާގައި ދެ ފަރާތުގެ އިސް އޮފިޝަލުންގެ މެދުގައި ހަތަރު ދުވަސް ވަންދެން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
ސައުދީން އީރާންއާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ޝިއާ މުސްލިމުންމަރުގެ އަދަބު ދިނުމާ ގުޅިގެން، އީރާނުގެ ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަނދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.
އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އީރާނާއި ސައޫދީއާ ދެމެދު ދެ މަސް ދުވަހުގެ ތެރޭގައި ސިޔާސީ ގުޅުން އަލުން ފެށުމަށް ވެފައިވާ އެއްބަސްވުން އިއުލާންކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އޮމާން އާއި އިރާގު ފަދަ އެހެން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން އޭނާ ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް ވަނީ ދާދި ފަހުން ބޭއްވި މި މަޝްވަރާތައް ބޭއްވުމާއި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއެރުވުމަށް ޗައިނާގެ އިން އަދާކުރި ރޯލަށް މަރުހަބާ ކިޔުއްވާފައި ކަަމަށެވެ.
މީގެ ކުރިން ސުލްހަ އަށް ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ހުކުރު ދުވަހު ސައުދީ އަރަބިއްޔާ އާއި އީރާނުން ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ދެ ގައުމުތަކުގައި ހުންނަ އެމްބަސީތައް ހުޅުވާނެ ކަމަށް ބުނެފައެވެ. އަދި ވިޔަފާރީގެ އަދި ސަލާމަތީ ގުޅުންތައް އަލުން ގާއިމުކުރާން އެއްބަސްވެފައެވެ.
އެ ނިންމުމަށް ސަރަހައްދުގެ އެހެން ގައުމުތަކުގެ އިތުރުން އެމެރިކާއިން ވެސް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް ވޮޝިންޓަނުން ބުނެފައި ވަނީ އީރާނުން "ޒިންމާ އަދާކުރާނެ" ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނަށް އެންމެ ބޮޑަށް ޕްރެޝަރު ކުރުމަށް ގޮވާލާފައިވާ އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
