މާލެ: 31°C

ސައުދީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 އުމްރާވެރިން މަރުވެއްޖެ

March 28, 2023
2 ފަހަރު ބަލާފައި
ސައުދީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 އުމްރާވެރިން މަރުވެއްޖެ
ސައުދީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 އުމްރާވެރިން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނުގައި އުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓެވެ 20 އުމްރާވެރިން މަރުވެއްޖެއެވެ. އެކްސިޑެންޓު ހިނގާފައިވަނީ ޔަމަނު ބޯޑަރާ އިންވެގެން އޮންނަ އާސިރު ސަރަހައްދުގައެވެ. "އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 29" ސައުދީގެ އަލް އެހްބަރިޔާ ޓީވީން ރިޕޯޓްކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ގައުމެެއް ބައެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ. "އަލްއަރަބިޔާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން މަރުވި މީހުންގެ ތެރޭގައި ސައުދީ ރައްޔިތުންވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކްސިޑެންޓް ހިނގީ ހަމީޝް މުޝައްޔަތުން އަބްހާއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ފަރުބަދަމަތީ ސަރަހައްދުގެ ބްރިޖަކުން ދަތުރުކުރަމުން ދަނިކޮށް ބަހުގެ ބްރޭކް ފެއިލްވެގެންނެވެ. ބުރަކި ފޭލްވުމާއެކު ބްރިޖުގެ ފަޅިއެއްގައި ޖެހި، ބަސް ފުރޮޅާލައި އަލިފާން ރޯވިއެވެ. ހައްޖުގެ އަޅުކަމުގައި މަގުތައް ހަލަބޮލިވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައެވެ. މަދީނާ އާއި މައްކާ ގުޅުވައިދޭ ހައިވޭގައި 2016 ވަނަ އަހަރު ހިނގި ބަސް އެކްސިޑެންޓެއްގައި 19 މީހުން މަރުވެ 22 މީހުން ޒަހަމްވި އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަދީނާ ކައިރީގައި ބަހަކާއި ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 35 ބިދޭސީން މަރުވެ ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ