މާލެ: 31°C

ސައުދީ ގައި ބަހެއް އެކްސިޑެންޓްވެ ނުވަ އުމްރާވެރިން ނިޔާވެއްޖެ

April 20, 2023
2 ފަހަރު ބަލާފައި
ސައުދީ ގައި ބަހެއް އެކްސިޑެންޓްވެ ނުވަ އުމްރާވެރިން ނިޔާވެއްޖެ
ސައުދީ ގައި ބަހެއް އެކްސިޑެންޓްވެ ނުވަ އުމްރާވެރިން ނިޔާވެއްޖެ
ސައުދީ އަރަބިޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި ޕާކިސްތާނުގެ ނުވަ އުމްރާވެރިން ނިޔާވެ ފަސް މީހުން ޒަހަމް ވެއްޖެއެވެ. ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެކްސިޑެންޓް ހިނގީ އުމްރާގެ އަޅުކަން އަދާކުރުމަށްފަހު މަދީނާއިން ރިޔާދަށް ދަތުރުކުރަމުން ދަނިކޮށެވެ. ނިޔާވި މީހުން ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހުންނަކީ އިސްލާމްނަގަރް އަށް ނިސްބަތްވާ މީހުންނެވެ. އެ މީހުން ސައުދީ އަށް ގޮސް ތިބީ ޓޫރިޒްޓް ވިޒާގައެވެ. ދާދި ފަހުން ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނު ގައި ހިނގި އެކްސިޑިންޓެއްގައި 20 އުމްރާވެރިން ނިޔާވެ 29 މީހުން ޒަހަމްވިއެވެ. ބްރޭކް ފެއިލްވުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ އާސިރު ޕްރޮވިންސާއި އަބާ ސިޓީ އާ ގުޅުނު ސަރަހައްދުގައެވެ. މި ހާދިސާގައި މަރުވި މީހުންނަކީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުން ދިޔަ މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ