ސައުދީއާ އީރާނުގެ ގުޅުން އިތުރު ހަރުފަތަކަށް!

ސައުދީއާ އީރާނުގެ ގުޅުން އިތުރު ހަރުފަތަކަށް!
ލިޔުން:
އީރާނާއި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުން ތެހެރާނުގައި ބައްދަލުކުރެއްވައިފިއެވެ.
އެ ދެބޭފުޅުން ބައްދަލުކުރައްވާފައިމިވަނީ ހަތް އަހަރު ވަންދެން އުފެދިފައިވާ ނުތަނަވަސްކަމަށްފަހު ގުޅުން އަލުން ގާއިމުކުރުމުގެ މަގްސަދުގައެވެ.
ސައުދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދަށް، އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން، ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދެ ވަޒީރުން ވަނީ ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމާ މެދު ހިތްހަމަޖެހޭކަން ފާޅުކޮށް ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމުގައި އެ ގުޅުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.
ދާދި ފަހުން ލެޓިން އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވި އީރާނުގެ ރައީސް އިބްރާހިމް ރައީސީއާ ވެސް ޕްރިންސް ފައިސަލް ވަނީ ބައްދަލުކުރައްވައިފައެވެ.
ނޫސްވެރިންގެވާހަކަ ދައްކަމުން އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ ސަރަހައްދުގެ ހުރިހާ ގައުމެއްގެ މެދުގައި ސިޔާސީ، އިގްތިސާދީ، ސަގާފީ، ވިޔަފާރީގެ އަދި އިޖްތިމާއީ ގޮތުން ތަފާތު ގޮތްތައް ހިމަނައިގެން، ސަލާމަތާއި ރައްކާތެރިކަމާ މެދު އެ ގައުމުން ދެކޭނީ ފުޅާ ދާއިރާއެއްގައި ކަމަށެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ގިނަ ކަންކަމަށް ހައްލު ހޯދައި، ގައުމުތަކުގެ މެދުގައި އެއްބާރުލުމާއި ވިސްނުންތެރިކަން އިތުރުކުރުމެވެ.
ޕްރިންސް ފައިސަލް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ބިންގަލަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމާއި އދ.ގެ ޗާޓަރުގެ އުސޫލުތަކަށް ބޯލެނބުމެވެ. ދެ ޤައުމުގެ އަމާޒަކީ މަސްލަހަތުތައް ހިމާޔަތްކޮށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްބާރުލުން ދިނުމާއި، ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
