މާލެ: 31°C

ސައުދީއާ އީރާނާ ދެމެދު ދަތުރުތައް އަލުން ފަށަނީ

April 7, 2023
2 ފަހަރު ބަލާފައި
ސައުދީއާ އީރާނާ ދެމެދު ދަތުރުތައް އަލުން ފަށަނީ
ސައުދީއާ އީރާނާ ދެމެދު ދަތުރުތައް އަލުން ފަށަނީ
ދާދި ފަހުން ގުޅުން ގާއިމްކުރި ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށައި، އުމްރާ ވިސާ ގެ އިތުރުން އެހެނިގެން ވިސާ ދޫކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ސައޫދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އާއި އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އަމީރަބްދުﷲ ހިންއާ ދެ ބޭފުޅުން ޗައިނާގެ ބެއިޖިން ގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. އަދި ދެ ގައުމުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް އަލުން ހުޅުވުމާއި އޮފިޝަލުންނާއި ޕްރައިވެޓް ސެކްޓާގެ ވަފުދުތަކުގެ ދަތުރުތައް އަލުން ފެށުމަށް ވެސް ދެ ގައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވައި، މެދުއިރުމަތީ ސަރަހައްދާއި ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެއްބަސްވުމުގައި ސައޫދީގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މުސާދު ބިން މުހައްމަދު އަލް އައިބާންއެވެ. އީރާނުގެ ފަރާތުން ސޮއިކުރެއްވީ އިސް ސެކިއުރިޓީ އޮފިޝަލް އަލީ ޝަމްހާނީއެވެ. ސައުދީން އީރާންއާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ޝިއާ މުސްލިމުންގެ ދީނީ އިލްމުވެރިއަަށް މަރުގެ އަދަބު ދިނުމާ ގުޅިގެން، އީރާނުގެ ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ