- ސްޕާތައް ބަންދުކޮށް ހަށިވިއްކުން ހުއްޓުވޭނެ 2. ޑޮލަރުގެ ކަޅުބާޒާރު ނައްތާލެވޭނެ 3. ކަރަންޓުގެ އަގު ހެޔޮކުރެވޭނެ 4. މަޖިލިސް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަ ކުރެވޭނެ 5. ހާޒިރުނުވާ މެމްބަރުންގެ މުސާރަ ކެނޑޭނެ
ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމުން ގިނަ ކަންތައްތަކެއް ހާސިލްވުމަށް ރައްޔިތުން އެދޭ

ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމުން ގިނަ ކަންތައްތަކެއް ހާސިލްވުމަށް ރައްޔިތުން އެދޭ
ލިޔުން:
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ ސަރުކާރަށް ލިބިފައިވުމުން ސަރުކާރުން ބޭނުންވާނަމަ އިދިކޮޅުގައި އޭރު ތިބި މިހާރުގެ ސަރުކާރުގެ އޮފިޝަލުންނާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ކަންކަން ހުއްޓުވައި ފުރިހަމައަށް ތަންފީޒުކުރުމުގެ ފުރުސަތު ސަރުކާރަށް ވަނީ ތަނަވަސްވެފައެވެ.
މިނިވަން ނޫހުގެ ފަރާތުން އާންމުންގެ އެކި އުމުރުފުރާގެ ދެޖިސްގެ މީހުންނާ ސުވާލު ކުރުމުން ވަރަށް ގިނަ ކަންކަން އެމީހުން ފަސޭހަ ކަމާއެކު ފާހަގަކޮށް ލިސްޓްކޮށްފައިވެއެވެ. އޭގެ ތެރެއިން މިފާހަގަކޮށްލަނީ އެންމެ ގިނަ މީހުން އިއްތިފާގުވި 20 ކަންތަކެވެ.
ސުވާލުކުރެވުނު ގިނަ މީހުން ފަސް ކަމަކަށް އިއްތިފާގުވެފައިވެއެވެ. އެއީ؛
1. ބަނގުރަލާއި އޫރުމަސް ވިއްކުން ހުއްޓުވޭނެ
2. ރިބާގެ މުޢާމަލާތްތައް ހުއްޓުވޭނެ
3. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނެ
4. އަދުލަށް ހުކުމް ކުރެވޭނެ، އިސްލާމީ ޝަރީއަތް ގާއިމްކުރެވޭނެ
5. ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ
ދެން އެންމެ ގިނަ މީހުންގެ ޚިޔާލުގައި އިއްތިފާގުވަނީ ތިރީގައި މިވާ ދެތިން ކަންތަކަށެވެ؛
1. ވައިގެ ދަތުރުފަތުރުގެ އަގުހެޔޮކުރެވޭނެ
2. ފަގީރުކަން ނައްތާލެވޭނެ
3. މުސާރައިގެ ބޭއިންސާފު ހައްލުކުރެވޭނެ
4. ވަޒީފާގެ ހަމަހަމަކަން ގާއިމްކުރެވޭނެ
ސުވާލުކުރެވުނު ގިނަ އަންހެނުން އިއްތިފާގުވި ފަސް ކަމަކީ މިއީއެވެ؛
1. ބޭސްފަރުވާއަށް ސަލާންޖެހުން އެއްކޮށް ނައްތާލެވޭނެ
2. ބޭސްފަރުވާއަށް އެހީ ހޯދަން މެމްބަރަށް ގުޅަން ނުޖެހޭނެ
3. އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ
4. މަސްތުވެގެން މަގުމަތިން މީހަކު ނުފެންނާނެ
5. ބޮޑެތި ބަލިތަކަށް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ފޭސްބުކް ޕޯސްޓް ޖަހާކަށް ނުޖެހޭނެ
ޒުވާނުންނާއި ކިޔަވާ ކުދިންނާ ސުވާލު ކުރުމުން އެންމެ ގިނައިން އެއްގޮތް ޖަވާބު ލިބިފައި ވަނީ ތިރީގައިވާ ކަންކަމަށެވެ؛
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
