ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އީރާނުގެ ރެޕަރަކު ޖަލަށް

ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އީރާނުގެ ރެޕަރަކު ޖަލަށް
ލިޔުން:
ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނަށް ތާއީދު ކުރާކަން ހާމަކުރި އީރާނުގެ ރެޕާ އެއް ކަމަށްވާ ޓޫމަޖް ސާލިހީގެ މައްޗަށް ހަ އަހަރާއި ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް އޭނާގެ ވަކީލާއި ސަޕޯޓަރުން ބުނެފިއެވެ.
އޭނާގެ ގާނޫނީ ވަކީލް ރޯޒާ އެޓެމަޑް އަންސާރީ ޝަރްކް ވިދާޅުވީ އުމުރުން 32 އަހަރުގެ ޓޫމަޖް ސާލޭހީގެ މައްޗަށް ސާބިތުވީ "ކޮރަޕްޝަން އޮން އާތްގެ" ގެ ކުށް ކަމަށެވެ. ނަމަވެސް މަރުގެ އަދަބުން ސަލާމަތްވެފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ "ނުރަނގަޅު" ހިޖާބު އަޅައިގެން ހައްޔަރުކުރި އަންހެނެއް ކަމަށްވާ މަހްސާ އަމީނީ މަރުވުމާ ގުޅިގެން އުފެދުނު މުޒާހަރާތަކާ ގުޅިގެންނެވެ.
ވަކީލް ވިދާޅުވީ، ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ފުރައްސާރަކުރުމުގެ ދައުވާއިން އޭނާ ސަލާމަތްވެފައިވާ ކަމަށެވެ.
އީރާނުގެ މެދުތެރޭގެ ޑަސްޓްގާޑް ޖަލުގައި އެކަހެރިކޮށް އެތައް މަހެއް ވަންދެން ސަލީހީ ހޭދަކުރިއިރު، ކޯޓުތަކުގެ ސެޝަންތައް ބަންދުކުރުމާ ކުރިމަތިލާން ޖެހުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހުކުމް އިއްވުމާ ގުޅިގެން އޭނާ ވަނީ ޖަލުގެ އާންމު ސެކްޝަނަށް ބަދަލުކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަނުޖެހުންތަކަކީ ބޭރުގެ އެޖެންޓުން ހިތްވަރުދޭ ހަމަނުޖެހުންތަކެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
ސާލިހީ ވަނީ ވެރިކަމަށް ފާޑުކިޔުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، އެކަމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ ޓާގެޓަކަށް އޭނާ ވެފައިވާ ކަމަށް ބުނެފައެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ވެރިކަމާއި މުއްސަނދިކަމާއި ހަތިޔާރުގެ ކޮންޓްރޯލް ދެމެހެއްޓުމަށް ގައުމަށް ގެއްލުމެއް ދޭން ތައްޔާރަށް ތިބި "މާފިއާ" އެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ސާލިހީ އެންމެ ފުރަތަމަ ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮރަޕްޝަނާއި ފަގީރުކަމާއި މަރުގެ އަދަބު ދިނުމާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކަށް އަލިއަޅުވާލާފައިވާ ލަވަތަކަށް މަގުބޫލުކަން ލިބުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
