މާލެ: 31°C

ސަރުކާރާ ދެކޮޅަށް ވާހަކަދެއްކުމުން އީރާނުގެ ފިލްމީތަރިއަކު ހައްޔަރުކޮށްފި

December 18, 2022
67 ފަހަރު ބަލާފައި
ސަރުކާރާ ދެކޮޅަށް ވާހަކަދެއްކުމުން އީރާނުގެ ފިލްމީތަރިއަކު ހައްޔަރުކޮށްފި
ސަރުކާރާ ދެކޮޅަށް ވާހަކަދެއްކުމުން އީރާނުގެ ފިލްމީތަރިއަކު ހައްޔަރުކޮށްފި
އިރާނު ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުން އެގައުމުގެ އެންމެ މަޝްހޫރު އެއްބަތާލާ ތަރާނާ އަލީ ދޯސްތީ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރީ ސެޕްޓެންބަރު މަހުން ފެށިގެން މުޅި އީރާނުގައި ފުޅާކޮށް ކުރިޔަށްގެންދާ މުޒާހަތާތްތަކުގައި ބައިވެރިވި މީހުންގެ މަރު އަދަބު ދިނުމުން އެކަމާ ފާޑުކިޔާތާ ދުވަސްތަކެއް ފަހުންނެވެ. 2016 ވަަނަ އަހަރުގެ އޮސްކާ އެވޯޑު ލިބުނު ފިލްމު ދަ ސޭލްސްމަން ކުޅުނު ތަރާނާ ވަނީ މުޒާހަރާތަކާ ގުޅުންހުރި މަރުގެ އަދަބު ގައި މޮހްސެން ޝެކާރީ ދަންޖައްސައި މަރައިލުމުން އެކަން ކުއްވެރިކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝެކާރީގެ މައްޗަށް ސާބިތުވީ ސެޕްޓެންބަރ މަހުގެ 23 ވަނަ ދުވަހުގައި ބޭއްވި މުޒާހަރާގައި ޕެރެމިލިޓަރީގެ މެމްބަރަކަށް ވަޅިން ހަލާދިން ކަމަށް ތުހުމަތުކޮށް ކުރި ދައުވާއާއި "ދީނާ ދެކޮޅަށް ހަނގުރާމަ ކުރިކަމަށް" ތުހުމަތުކޮށް ކުރި ދައުވާ އެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާ ފާސް ނިއުސް އެޖެންސީ އިން ބުނީ އަލިދޫސްޓީ ހައްޔަރުކުރީ ސަރުކާރާ ދެކޮޅަށް، އެއްވެސް ހެއްކެއް ނެތި ވާހަކަ ދެއްކުމުންނެވެ. ތާރާނާ އައީ އިންސްޓާގުރާނުގައި އީރާނުގައި ހިންގަމުންދާ މުޒާހަރާއާއި ބެހޭގޮތުން ޕޯސްޓް ތައް ކުރަމުންނެވެ. އެގޮތުން ކޮށްފައިވާ އެއް ޕޯސްޓެއްގައި އަލިދޫސްޓީ ބުނެފައިވަނީ "ކަލޭމެން ހިމޭނުން ތިބުމުގެ މާނައަކީ އަނިޔާވެރިކަމާ އަނިޔާވެރިންނަށް ތާއީދު ކުރުން ކަމަށާއި މި ލޭއޮހޮރުވުން ބަލަން ތިބެ ފިޔަވަޅު ނާޅާނަމަ އެއީ އިނަސާނިއްޔަތައް ލިބޭ ބަދުނާމެއް ކަމުގައެވެ". ތާރާނާ ޕޯސްޓްގައި ބުނެފައިވެއެވެ. އުމުރުން 22 އަހަރުގެ މަހްސާ އަނީމީ މަރާލުމުން އީރާނުގައި ކުރި މުޒާހަރާހަރާތަކުގައި ބައިވެރިވި ބައެއް މީހުންނަށް ވެސް މިހާރު ވަނީ މަރުގެ ހުކޫމް އިއްވާފައެވެ. ބައިނަލް އަގުވާމީ މީޑިއާތައް ބުނާ ގޮތުގައި އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވި 22 މީހަކަށް އެގައުމުން ވަނީ މަރުގެ އަދަބު ދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ