މާލެ: 31°C

ސައްހަ ހުއްދަ ނެތި ހައްޖު އަދާކުރަން އުޅުނު 17 ހާހަށްވުރެ ގިނަ މީހުން ހުއްޓުވި

July 2, 2023
2 ފަހަރު ބަލާފައި
ސައްހަ ހުއްދަ ނެތި ހައްޖު އަދާކުރަން އުޅުނު 17 ހާހަށްވުރެ ގިނަ މީހުން ހުއްޓުވި
ސައްހަ ހުއްދަ ނެތި ހައްޖު އަދާކުރަން އުޅުނު 17 ހާހަށްވުރެ ގިނަ މީހުން ހުއްޓުވި
ސައްހަ ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރަން އުޅުނު 17 ހާހަށްވުރެ ގިނަ މީހުން ހުއްޓުވާފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ ޑިރެކްޓާ އޮފް ޕަބްލިކް ސެކިއުރިޓީ އަދި ހައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް މުހައްމަދު އަލް ބައްސާމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޖުގެ ޕާމިޓް ނުވަތަ ސައްހަ ހުއްދައާ ނުލާ ހައްޖުގެ އަޅުކަން އަދާކުރަން  އުޅުނު 17،615 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 9،509 މީހުން ވަނީ ލޭބާ، ރެސިޑެންސީ އަދި ބޯޑާ ސެކިއުރިޓީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަލާމަތީ ބާރުތަކުން ވަނީ އެކި ސަރަޙައްދުތަކުގައި ހިންގަމުން އައި ވަގު ހައްޖު ކެމްޕޭނުތައް ފަޅާއަރުވާލައި އެތަނުން ބައަކު ހައްޔަރުކޮށްފައެވެ. އެ ކެމްޕެއިންތައް ހިންގަމުން އައި މީހުން ހައްޔަރުކޮށް އެ މީހުންނަށް ދައުވާކުރަން ފޮނުވާފައިވެއެވެ. ބައްސާމީ ވިދަޅުވީ ހައްޖުގެ ސައްހަ ހުއްދަ ނެތި މައްކާ އަށް ވަންނަން އުޅުނު 202،695 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. މައްކާ އާއި މާތް ވެގެންވާ ތަންތަނަށް ވަނުމަށް އެކަށީގެންވާ ލައިސަންސް ނެތް 128،999 އުޅަނދެއްވެސް ހުއްޓުވާފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖޫން މަހުގެ 30 ގެ ނިޔަލަށް ސައްހަ ހުއްދަނެތި ހައްޖަށް މީހުން ގެންދަން އުޅުނު 33 މީހަކު ހައްޔަރުކޮށް، އެމީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ