ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދޭން އެބަ ރާވާ: ޔޫކްރެއިން

ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދޭން އެބަ ރާވާ: ޔޫކްރެއިން
ލިޔުން:
ރަޝިޔާއިން ހަމަލާތަކެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.
ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް ވިދާޅުވީ ރަޝިޔާއިން ހަމަލާތައް ދޭން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަކީ ރަޝިޔާގެ ސިފައިން ފާހަގަކުރާ "ޑިފެންޑާ އޮފް ދަ ފާދާލޭންޑް ޑޭ"އެވެ.
"ރަޝިއާގެ ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ޓެރަރިޒަމް ބަލިކުރުން،" ހަމަލާއާ ބެހޭ ގޮތުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ. "ޓޭންކްތަކުން. ފައިޓާ ޖެޓްތައް. ދުރު ރާސްތާގެ މިސައިލްތައް"
ޑިފެންސް މިނިސްޓަރު ވިދާޅުވީ ރަޝިޔާއިން 500،000 އެއްހާ ސިފައިން މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ތިން ލައްކައެއްހާ ސިފައިން މޮބިލައިޒް ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެއީ އެ ގައުމުގެ "ސަރަހައްދީ އެއްބައިވަންތަކަން" ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ޕޫޓިން ވިދާޅުވެފައިވެއެވެ.
ރެޒްނިކޯވް ވިދާޅުވި ގޮތުގައި ރަޝިޔާއިން މޮބިލައިޒްކުރި ސިފައިންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ.
"ރަސްމީކޮށް އެ މީހުން ތިން ލައްކަ އިއުލާނު ކުރި ނަމަވެސް ބޯޑަރުތަކުގައި ތިބި ސިފައިން ފެނުނު، އަޅުގަނޑުމެންގެ އެސެސްމަންޓްތަކަށް ބަލާއިރު އެއީ މާ ބޮޑު އަދަދެއް،" ފްރާންސްގެ ބީއެފްއެމް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ އިރުމަތީ ޑޮންބާސް ސަރަހައްދުން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ދާދި ދާދި ފަހުން ރަޝިއާއިން ވަނީ ބުނެފައެވެ. އެ ގައުމުގެ ސިފައިން ބުނަމުން ދަނީ މަސްތަކެއް ވަންދެން ހިނގަމުން ދިޔަ ހަނގުރާމައަކަށް ފަހު، މިހާރު ސިފައިން ދަތުރުކުރަމުންދަނީ ބަހްމުތުއަށް ނަމަކަށް ކިޔާ އަވަށަކަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
