ރަޝިޔާއިން ޔޫކްރޭންއަށް ދިން ހަމަލާއެއްގައި 17 މަރު

ރަޝިޔާއިން ޔޫކްރޭންއަށް ދިން ހަމަލާއެއްގައި 17 މަރު
ލިޔުން:
ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީ މެދު ތެރޭގެ ސިޓީއެއް ކަމަށްވާ ޑިނިޕްރޯއަށް ފޮނުވާލި މިސައިލް ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.
ފުލުފުލުގައި ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ކީވް އަދި ހަރްކީވް ސަރަޙައްދުގެ ކަރަންޓުގެ ސަޕްލައިއަށް ބުރޫ އަރާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ޑިނިޕްރޯގެ ނުވަ ބުރީގެ އެޕާޓްމަންޓް ބްލޮކެއް ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. އިމާރާތުގެ ބާކީ ހުރި ބައިތަކުގެ ބޭރުފުށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. ރީޖަނަލް ގަވަރުނަރު ވެލެންޓީން ރެޒްނިޗެންކޯ ވިދާޅުވީ، ޒަހަމްވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އިތުރު 64 މީހަކުވެސް ޒަހަމްވި ކަމަށެވެ.
ޔޫކްރެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެތެރޭގައި ތާށިވެފައި މީހުން އެބަތިއްބެވެ. ޑިނިޕްރޯގެ ޑެޕިއުޓީ މޭޔަރު މިކައިލޯ ލައިސެންކޯ ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި ތާށިވެފައި ތިބި މީހުން ސަލާމަތަށް އެދި ހަޅޭއްލަވަމުން ދިޔަ ކަމަށެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ތާށިވެފައި ތިބީ ކިތައް މީހުން ކަމެއް އަދި ނޭނގޭ ކަމަށެވެ. "ހިތާމައަކީ ކޮންމެ ގަޑިއިރަކު މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޑިނިޕްރޯގެ އިތުރުން ހޮނިހިރު ދުވަހު ގެއްލުން ލިބުނު އެހެން ސިޓީތަކުގެ ތެރޭގައި ދެކުނުގެ އޮޑެސާ، އިރުމަތީގައި ހަރްކީވް، ހުޅަނގުން ލްވީވް އަދި ޔޫކްރެއިންގެ ވެރިރަށް ކީވް ހިމެނެއެވެ. ކަރަންޓް ސައިޓްތައް ހިމެނޭ ގޮތަށް މަދަނީ އުމްރާނީ ވަސީލަތްތައް އަނެއްކާވެސް ހަލާކުވެ ކަރަންޓު ކެނޑިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
