މާލެ: 31°C

ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

May 18, 2023
2 ފަހަރު ބަލާފައި
ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި
ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި
ޔޫކްރެއިންގެ ވެރިރަށް ކިއެވްއަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއީ ރަޝިޔާއިން ޔޫކްރޭނަށް މި މަހުގެ ތެރޭގައި ދިން ނުވަ ވަނަ ހަމަލާއެވެ. ހުޅަނގު ދެކުނުގައި، ކަޅު ކަނޑުގެ ސަރަހައްދުގައި އޮންނަ އޮޑެސާ ސިޓީއަށް ދިން އެ މިސައިލް ހަމަލާގައި އެކަކު މަރުވެ، ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ވިނިޓްސާ، ހަމެލްނިޓްސްކީ އަދި ޒައިޓޮމިރު ފަދަ މެދުތެރޭގެ ސަރަޙައްދުތަކުގައި ވެސް ބޮން ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކީވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ކީވްގެ ޑާނިޓްސްޔާ ސަރަހައްދުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ކީވްގެ މަދަނީ އަސްކަރީ ކަންކަމާ ހަވާލުވެ ހުންނެވި ސެރްހީ ޕޮޕްކޯ ވިދާޅުވީ ކެސްޕިއަން ކަނޑުގެ މަތިން ރަޝިޔާއިން ވަރުގަދަ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. އެ ހަމަލާގައި ކްރޫޒް މިސައިލް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި ވައިގެ ހަމަލާތައް ދޭން ފެށުމަށް ފަހު ރަޝިއާއިން ކީވްގެ މަތިން ޑްރޯން ފޮނުވި ކަމަށް އޭނާ ލަފާކުރެއެވެ. ޕޮޕްކޯ ވަނީ ކިއެވްގެ އިރުމަތީގައި އޮންނަ ޑެސްނިޔަންސްކީ ޑިސްޓްރިކްޓްގެ ގެއެއް ނޫން އިމާރާތެއްގައި ދެވަނަ ފަހަރަށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމުގެ އެއްވެސް އަޕްޑޭޓެއް އޭނާ ނުދެއްވައެވެ. މިދިޔަ ބުދަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ކެރްސަން ކައިރީގައި ފަސް އަހަރުގެ ކުއްޖަކާ އެކު އަށް މީހުން މަރުވެ، އިތުރު 17 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ