ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާއެއްގައި 21 މަރު

ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާއެއްގައި 21 މަރު
ލިޔުން:
ޔޫކްރެއިންގެ ދެކުނުގެ ކޭރްސަން ސަރަހައްދަށް ރަޝިޔާއިން އިއްޔެ ދިން ހަމަލާ އެއްގައި 21 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން ރޭލްވޭ ސްޓޭޝަނެއްގެ އިތުރުން އާއްމުންގެ ބައެއް ތަންތަނަށް ގެއްލުން ވެފައިވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ރަޝިޔާ ސިފައިން ފޭބި، ކޭރްސަން ސިޓީ އޮންނަނީ ޔޫކްރެއިންގެ ދެކުނުގެ ފްރޮންޓްލައިން ކައިރީގައެވެ. "މިހާތަނަށް 21 މީހުން މަރުވެއްޖެ! 48 ޒަހަމްވެއްޖެ!" ޓެލެގްރާމްގައި ޒެލެންސްކީ ވިދާޅުވިއެވެ.
ސުޕަމާކެޓެއްގެ ތަރުކާރީ ގޮޅިއެއްގެ ބިއްދޮށުގައި ހަށިގަނޑާއި ޒަހަމްވި މީހުންގެ ފޮޓޯތައް ޒެލެންސްކީ ވަނީ އާންމުކުރައްވާފައެވެ. ކޭރްސަންގެ ޕްރޮސެކިއުޓަރުން ވަނީ މި ހަމަލާ "ބޮޑު" ކަމަށް ސިފަކޮށް، މަރުވި މީހުންގެ ތެރެއިން 12 މީހުން މަރުވެފައި ވަނީ އެ ސިޓީގައި ކަމަށާއި އެހެން މީހުން މަރުވެފައި ވަނީ ކައިރި އަވަށްތަކުގައިކަން ފާހަގަކޮށްފައެވެ.
"މެއި މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު ރަޝިއާ ސިފައިން ވަނީ ކޭރްސަން ސިޓީ އާއި އެ ސަރަހައްދުގެ އާބާދީތަކަށް ބޮޑެތި ހަމަލާތަކެއް ދޭން ފަށާފައި،" ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
އޮފިޝަލުން ވަނީ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކޭރްސަން ކާފިއު ހިންގާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
