ރަޝިޔާގެ ވައިގެ ހަމަލާތަަކެއް އަނެއްއްކާވެސް ޔޫކްރޭނަށް!

ރަޝިޔާގެ ވައިގެ ހަމަލާތަަކެއް އަނެއްއްކާވެސް ޔޫކްރޭނަށް!
ލިޔުން:
ރަޝިޔާއިން ޔޫކްރެއިންގެ އުތުރު ހާރްކީވްއިން ފެށިގެން ދެކުނުގެ އޮޑެސާ އާއި ހުޅަނގުގެ ޒައިޓޮމިރުގެ އެކި ސަރަހައްދުތަކުގެ އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލައިފިއެވެ.
މިސައިލްގެ ސަބަބުން ހާރްކިވް އާއި އޮޑެސާގެ އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ވެރިރަށް ކީވްއަށް ވެސް ހަމަލާތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތައް ދީފައި މިވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ބަހްމުތު ސިޓީއާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އިންޓެލިޖެންސް ޗީފަކު ލަފާ ދެއްވާފައި ވަނީ ހަނގުރާމަ އެތައް އަހަރެއް ވަންދެން ކުރިއަށް ހިނގައިދާނެ ކަމަށެވެ.
ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން އެތައް ހާސް ހަނގުރާމަވެރިންނާއި އާންމުން ވަނީ މަރުވެފައެވެ. އަދި ޔޫކްރެއިންގެ އެތައް މިލިއަން ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ.
ވެރިރަށް ކިއެވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ހަމަލާގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތެއްގެ ގޯތިތެރޭގައި ކާރުތައް އަނދަމުންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. އެހެންވެ ގޭތެރޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ބަނދަރު ސިޓީއެއް ކަމަށްވާ އޮޑެސާގެ އެނާޖީ ފެސިލިޓީއަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގެ ސަބަބުން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ތަނުގެ ގަވަރުނަރު މަކްސިމް މާޗެންކޯ ވަނީ ވިދާޅުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރީޖަނަލް އެޑްމިނިސްޓްރޭޝަންގެ ޗީފް އޮލެގް ސިނެގުބޯވް ވިދާޅުވީ ގާތްގަނޑަކަށް 15 މިސައިލް ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާތައް އަމާޒުވެފައިވަނީ އުމްރާނީ ވަސީލަތްތަކަށް ކަމަށެވެ.
އޭގެ ތެރޭގައި ހުޅަނގުން ވައިނިޓްސިއާ އާއި ރިވްނޭ އާއި މެދުގައި ޑިނިޕްރޯ އާއި ޕޮލްޓާވާ ހިމެނެއެވެ.
އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އެވްރިލް ހެއިންސް ބުދަ ދުވަހު ވިދާޅުވީ، އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރިއަށް ގެންދަން ޕޫޓިން ގަސްތުކުރައްވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ވަރުގަދަ އާ ހަމަލާތަކެއް ރަޝިޔާއަށް ނުދެވޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
