ރަޝިއާއިން ތުހުމަތުކުރާ ގޮތުގައި ޔޫކްރެއިންއިން ދަނީ ތަކުރާރުކޮށް ރަޝިޔާގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. އޭގެ ތެރޭގައި މިމަހުގެ ކުރީކޮޅު މޮސްކޯގެ ކްރެމްލިންއަށް ދިން ޑްރޯން ހަމަލާވެސް ހިމެނެއެވެ.
ޔޫކްރޭނުންން އެ ތުހުމަތުތައް ދޮގުކުރާއިރު، ރަޝިޔާގެ ބާރުގެ ދަށުގައި މިހާރު އޮތް އެގައުމުގެ ބިންތައް ހިފުމަށް ބާރުގެ ބޭނުންކުރުމާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ގާނޫނީ ހައްގު ޔޫކްރެއިންއަށް ލިބިގެންވާކަމަށް ޔޫކްރެއިންއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދެކުނު އަދި އިރުމަތީގެ ހަތަރު ސަރަހައްދާއި 2014 ވަނަ އަހަރު މޮސްކޯއިން ހިފާފައިވާ ކްރިމިއާ ސަރަހައްދު ހިމެނެއެވެ. ޖަރުމަނަށް ފަހު ޒެލެންސްކީ ވަޑައިގެންނެވީ އިޓަލީއަށެވެ. އިޓަލީގެ ރޯމްގައި ޔޫކްރެއިންގެ ރައިސް ވަނީ އިޓަލީގެ ރައީސް ސާޖިއޯ އާއި ނައިބް ރައީސް މަޓާރޭލާ އާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ބައްދަލުކުރައްވާފައެވެ.ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާއެއް ނުދޭނެ: ޔޫކްރޭން

ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާއެއް ނުދޭނެ: ޔޫކްރޭން
ލިޔުން:
ރަޝިއާގެ އަމާޒުތަކަށް ހަމަލާދިނުމުގެ ވިސްނުމެއް ޔޫކްރެއިންގެ ނެތް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
"ރަޝިއާގެ ސަރަހައްދަކަށް ހަމަލާނުދޭނެ" ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒްއާ އެކު ބާލިންގައި ބޭއްވި މަޝްވަރާތަކަށް ފަހު ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ހިފާފައިވާ ސަރަހައްދުތައް ބާރުގެ ދަށަށް ގެންދަން "ކައުންޓާ އެޓޭކް" އަކަށް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
ޔޫކްރޭނަށް 2.7 ބިލިއަން ޔޫރޯގެ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ޝޯލްޒް ވައުދުވެވަޑައިގެންނެވިއެވެ.
ރަޝިޔާގެ މިސައިލާއި ޑްރޯން ހަމަލާތަކުން ޔޫކްރެއިން ދިފާއުކުރުމަށްޓަކައި އެޑްވާންސް ޖަރުމަން ލެޕާޑް ޓޭންކްތަކާއި އިތުރު އެންޓި އެއާކްރާފްޓް ސިސްޓަމްތައް ހިމެނޭނެ ކަމަށް ޖަރުމަނުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
