ރަޝިޔާގެ ހަމަލާ އަމާޒުކުރީ ޔޫކްރޭންގެ ކްލިނިކަކަށް

ރަޝިޔާގެ ހަމަލާ އަމާޒުކުރީ ޔޫކްރޭންގެ ކްލިނިކަކަށް
ލިޔުން:
ޔޫކްރެއިންގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޑިނިޕްރޯގެ ކްލިނިކަކަށް ރަޝިޔާ އިން ދިން މިސައިލް ހަމާލާއެއްގައި ދެ މީހަކު މަރުވެ 23 މީހަކު ޒަހަމްވެއްޖެއެވެ.
ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މި ހަމަލާ އަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ކުށްވެރިކުރައްވާފައެވެ.
ޒެލެންސްކީ ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ. އެއީ ރަޝިއާގެ އަސްކަރިއްޔާއަށް ކްލިނިކްތަކާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އިތުރު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ސަރަހައްދީ ގަވަރުނަރު ސެރްހީ ލައިސަކް ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 69 އަހަރުގެ ފިރިހެނެއް ކަމަށެވެ ގަވަރުނަރު ވިދާޅުވީ ކުނިތަކުގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ޒަހަމްވި 23 މީހުންގެ ތެރެއިން 21 މީހެއްގެ ހާލު ސީރިއަސް ކަމަށާއި ތިން މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ވަނީ މި ހަމަލާއަކީ ޖެނީވާ މުއާހަދާގެ ދަށުން ހިންގި ބޮޑު ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ.
ޑިނިޕްރޯއަށް ދިން ހަމަލާއާ ބެހޭ ގޮތުން ރަޝިއާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޝިޔާ އިން ވަނީ އެގައުމުގެ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އެމީހުންގެ ވައިގެ ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތްތަކާއި މެޑިކަލް ފެސިލިޓީތައް ފަދަ މަދަނީ އުމްރާނީ ވަސީލަތްތަކަށް ގިނަ ފަހަރަށް ގެއްލުންވަމުންދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
