މާލެ: 31°C

ރަޝިޔާ އިން ސީރިޔާ އަށް ދިން ވައިގެ ހަމަލާއެއްގައި ނުވަ މަރު

June 26, 2023
2 ފަހަރު ބަލާފައި
ރަޝިޔާ އިން ސީރިޔާ އަށް ދިން ވައިގެ ހަމަލާއެއްގައި ނުވަ މަރު
ރަޝިޔާ އިން ސީރިޔާ އަށް ދިން ވައިގެ ހަމަލާއެއްގައި ނުވަ މަރު
ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ އިދްލީބަށް ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް އިމަޖެންސީ ރެސްކިއު ވޮލަންޓިއަރުންގެ ގްރޫޕަކުން ބުނެފިއެވެ. އެ ހަމަލާތަކުގައި އާންމުންގެ ނުވަ މީހަކު މަރުވެ 34 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އޭގެ ތެރޭގައި ވައިޓް ހެލްމެޓްސްގެ ނަމުން މަޝްހޫރު ސީރިއާ ސިވިލް ޑިފެންސް އިން ބުނި ފަދައިން އިދްލީބުގެ އިރުމަތީ ރަށްރަށުގައި އޮންނަ ޖިސްރު އަލް ޝުޣޫރު ސިޓީގައި ހުރި ބިޒީ ތަރުކާރީ މާރުކޭޓެއް ވެސް ހިމެނެއެވެ. ރޮއިޓާސް އިން ބުނީ ރަޝިއާގެ އެސްޔޫ-24 މަރުކާގެ ދެ މަތިންދާބޯޓު އިދްލީބް ސިޓީ އާއި ބެނިން ޓައުން އަދި އަލް އަރްބީން ފަރުބަދަ ސަރަހައްދަށް އަމާޒުކޮށް ވައިގެ ފަސް ހަމަލާއެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވައިގެ ހަމަލާ ދިން ވަގުތު މާރުކޭޓުގައި ހުރި ތަރުކާރީ ވިއްކާ އުމުރުން 21 އަހަރުގެ ރެޑާ ހައިޝިދު އެ ބިރުވެރި މަންޒަރު ސިފަކޮށްދެމުން ބުނީ އެ މާރުކޭޓު ބަދަލުވެގެން ދިޔައީ މަރުވި މީހުންގެ ހަށިގަނޑާއެކު ލޭ އޮހޮރުނު ސަރަހައްދަކަށް ކަމަށެވެ. ސީރިއާ ސިވިލް ޑިފެންސްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޔަޒްޖީ ވަނީ މިފަދަ ނުރައްކާތެރި ހާލަތްތަކުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ރެސްކިއު ވޯކަރުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި ސީރިޔާ ސަރުކާރާއި ރަޝިއާއިން ދާދި ފަހުން ދޭ ހަމަލާތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރަޝިޔާގެ އެހީތެރިކަމާއެކު ސީރިޔާ ސިފައިން ވަނީ އިދްލީބުގެ ދެކުނުގައި ވާ ސަރްޖާ އާއި އަލްރަވިހާ އަވަށުގެ ބޭރުގެ ސަރަހައްދަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ