ރަޝިޔާއިން ކޭރްސަން ސަރަޙައްދުގެ ޑޭމްއެއް ގޮއްވާލާފައިފި

ރަޝިޔާއިން ކޭރްސަން ސަރަޙައްދުގެ ޑޭމްއެއް ގޮއްވާލާފައިފި
ލިޔުން:
ޔޫކްރެއިންގެ ދެކުނުގައި ރަޝިޔާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ހުންނަ ސޯވިއެޓް ޒަމާނުގެ ޑޭމެއްގައި އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގެ އެ ޑޭމް ފަޅައިގެން ގޮސް ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށް ޔޫކްރެއިން އާއި ރަޝިއާ ގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ރަޝިއާއިން ވަނީ ޑިނީޕާ ކޯރުގައި ހުންނަ ނޯވާ ކަހޮވްކާ ޑޭމް ހަލާކުކޮށްލާފައެވެ. އަސްކަރިއްޔާގެ ސަދަން އޮޕަރޭޝަނަލް ކޮމާންޑުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ހައިޑްރޯއިލެކްޓްރިކް ޑޭމްގައި އެއްޗެއް ގޮއްވާލި ހާދިސާގެ ޒިންމާ "ރަޝިއާގެ އޮކިއުޕޭޝަން ސިފައިން" ގެ ބޮލުގައި އަޅުވާފަ އެވެ. މިހާރު ދަނީ ގެއްލުންލިބުނު މިންވަރާއި ފެންގަނޑުގެ ސްޕީޑާއި ވޮލިއުމާއި ފެންބޮޑުވުމުގެ އަސަރު ކުރާނެ ސަރަހައްދުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މި ކާރިސާއާ ގުޅިގެން ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އިއުލާނު ކުރައްވާފައެވެ.
ކޭރްސަން ސަރަހައްދުގެ ވެރިޔާ އޮލެކްސެންޑާ ޕްރޮކުޑިން ޓެލެގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ނޯވާ ކަކޯވްކާ ޑޭމަށް ލިބުނު ގެއްލުމުގެ ސަބަބުން ފަސް ގަޑިއިރުގެ ތެރޭގައި ފެން ނާޒުކު ދަރަޖައަކަށް ދާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ރަޝިއާގެ ދައުލަތުގެ މީޑިއާ ނިއުސް އެޖެންސީ ޓަސް އިން ހަވާލާދީ އިމަޖެންސީ ސާވިސަސް އިން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 80 އާބާދީއަކަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ޔޫކްރެއިންގެ ދާހިލީ ވަޒީރުގެ އެޑްވައިޒަރެއް ކަމަށްވާ އެންޓަން ގެރަޝްޗެންކޯ ވެސް ވަނީ ބޮން ގޮއްވާލި ކަމަށް ބުނާ ހާދިސާއާ ގުޅޭ މެސެޖެއް ޓެލެގްރާމްގައި ޕޯސްޓްކޮށް، އޭގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ތުހުމަތުކޮށްފައެވެ.
ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކަކީ ޑްނީޕަރ ކޯރުގެ ޑައުންސްޓްރީމް ކޯހުގެ ރަށްތަކާއި، ދެކުނު ކޭރްސަންގައި ރަޝިޔާގެ ބާރުގެ ދަށުގައިވާ ވާތު އައްސޭރީގެ ބޮޑު ސަރަހައްދެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
