މާލެ: 31°C

ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރޭންގެ 7،000 މީހަކު މަރުވި: ޔޫއެން

January 17, 2023
2 ފަހަރު ބަލާފައި
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރޭންގެ 7،000 މީހަކު މަރުވި: ޔޫއެން
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރޭންގެ 7،000 މީހަކު މަރުވި: ޔޫއެން
ރަޝިޔާއިން ޔޫކްރެއިންއަށް ދެމެދުންދާ ހަމަލާތަކުގައި އެގައުމުން މިހާތަނަށް 7،000 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު (އޯއެޗްސީއެޗްއާރު) ގެ އޮފީހުން ބުނެފިއެވެ. އޯއެޗްސީއެޗްއާރުން ނެރުނު ބަޔާނެއްގައި ބުނީ ޔުކްރޭނުގެ އާންމުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ އެކްސްޕްލޯސިވް ހަތިޔާރުގެ އަސަރުކޮށްގެން ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 2،784 ފިރިހެނުންނާއި 1،875 އަންހެނުންގެ އިތުރުން ޖިންސު ވަކިކުރަން ނޭނގޭ 1،939 ބޮޑެތި މީހުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި 398 ކުޑަކުދިން ހިމެނޭ ކަމަށް ބެލެވެ އެވެ. މި އަދަދުތަކުގެ ތެރޭގައި ހިމެނެނީ އދ.އަށް ކަށަވަރު ކޮށްދެވުނު އަދަދުތައް އެކަނި ކަމަށާއި، އދ އިން ގަބޫލުކުރާ ގޮތުގައި އާންމުންގެ ޖުމްލަ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އޯއެޗްސީއެޗްއާރުން ބުނެއެވެ. އދ.ގެ މޮނިޓަރުން ބުނީ މި ހިނގާ ޖެނުއަރީ މަހު އެކަނި ވެސް ހަނގުރާމައިގެ ސަަބަބުން ޔޫކްރޭންގެ 104 މީހަކު މަރުވެފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި އެންމެ ފަހުން ރަޝިޔާއިން ޔޫކްރޭންގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މަރުވި މީހުން ނުހިމެނޭ ކަމަށް އޯއެޗްސީއެޗްއާރުން ބުންޏެވެ. ރަޝީޔާއިން ޔުކްރޭނަށް އިއްޔެ ދިން ހަމަލާގައި އެކަނި ވެސް 40 މީހަކު މަރުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ