މާލެ: 31°C

ރަޝިޔާ މަތިން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލައިފި

March 27, 2023
2 ފަހަރު ބަލާފައި
ރަޝިޔާ މަތިން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލައިފި
ރަޝިޔާ މަތިން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލައިފި
ރަޝިއާގެ ވައިގެ ދިފާއީ ބާރުތަކުން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެ ޑްރޯން ވެއްޓުނީ ޔޫކްރެއިންގެ ބޯޑަރާ ގާތްގަނޑަކަށް 400 ކިލޯމީޓަރު (249 މޭލު) ދުރުގައި އޮންނަ ކިރެޔެވްސްކް އަވަށުގައެވެ. ރަޝިއާގެ ރަސްމީ މީޑިއާއިން ބުނީ އެ ޑްރޯން ވައްޓާލުމުން ގޮވި ގޮވުމުގެ ސަބަބުން ތިން މީހަކު ޒަހަމްވި ކަމަށެވެ. ރަޝިޔާގެ މަދަނީ ތަންތަނަށް ހަމަލާދިނުމަށް އެކްސްޕްލޯސިވް ޑްރޯން ބޭނުންކުރި ކަމަށް ދެކެވޭ ވާހަކަތައް ޔޫކްރެއިންއިން މީގެ ކުރިން ދޮގުކޮށްފައިވާއިރު، ފޮނުވާލި ޑްރޯންއާ ގުޅޭ ގޮތުން ޔޫކްރެއިންއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ވަނީ އެތައް ސަތޭކަ ޑްރޯންތަކެއް ވައިގެ ތެރެއަށް ފޮނުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ