މާލެ: 31°C

ރުއިމަކީ ފައިދާހުރި ކަމެއް

April 28, 2023
2 ފަހަރު ބަލާފައި
ރުއިމަކީ ފައިދާހުރި ކަމެއް
ރުއިމަކީ ފައިދާހުރި ކަމެއް
ދެރަވުމުން ނުވަތަ އާދަޔާ ހިލާފަށް އުފާވުމުން، އަދި މިނޫންވެސް ތަފާތު އެކި ޖަޒުބާތުތަށް އިހުސާސްވުމުން، ވަރަށް ގިނަފަހަރު ރޮވޭގޮތްވެއެވެ. ލޮލުގެ ކަރުނަ އުފައްދާ ގްލޭންޑް ސްޓިމިއުލޭޓްވެ، އުފެދޭ ފެން ލޮލުން ފައިބާ، އެ އިހުސާސަތަށް ބޭރުކުރުމަށް އެހީވެއެވެ. ގިނަފަހަރު ހީވެފައި އޮންނަނީ ރުމަކީ ގެއްލުން ހުރިކަމެއްކަމުގައެވެ. އެގޮތުން މަޝްހޫރު ސައިންސް ވެރިޔާ ޗާލްސް ޑާވިން ދެކުނު ގޮތުގައި ރުއިމަކީ ނުވަތަ ލޮލުގެ ވަށައިގެންވާ މަސްތަކަށް ވާންވުމުން ފެން ފޭބުމަކީ ބޭކާރު އިހުސާސެކެެވެ. އެކަން ހަމައެކަނި މުހިންމުވަނީ، ތުއްތުކުދިންގެ ބަހުރުވައެއްގެ ގޮތުގައެވެ. ނަމަވެސް މިޒަމާނުގެ ސައިންސްވެރިން ބުނާގޮތުގައި ރުއިމަކީ ފައިދާ ހުރިކަމެކެވެ. ރުއިމުގެ ފައިދާ ތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް، ކަމަކާއި މާބޮޑަށް ހިތް ދަތިވެ ފިކުރު ބޮޑު ވެގެން ރޮވުމުން، ހަށިގަނޑުން އެހުރިހާ ފިކުރުތަކެއް ބޭރުވާނެއެވެ. ރުއިމުގެ ސަބަބުން ލޮލުގެ ކަޅި ސާފުވެ ލޮލަށް ކޮނެމެވެސް ވަރަކަށް އަރާމުކަން ލީބޭނެ ކަމަށް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ޝާޢިއު ކުރި އާޓިކަލް އެއްގައި ބުނެފައިވެއެވެ. ރުއިމުގެ ސަބަބުން ކަންކަމާއި މެދު ނެގެޓިވްކޮށް ވިސްނާ ވިސްނުންތަށް ފިލައިގެން ގޮސް ޕޮސިޓިވްކޮށް ވިސްނޭނެ ގޮތް މެދުވެރިވެއެވެ. އޭގެ ސަބަބުން ވިސްނުން ރަނގަޅުވެ ދިމާވެފައިވާ ކަންކަމަށް އަމިއްލައަށް ހައްލެއް ހޯދަން ވެސް  ފަސޭހަވެގެން ދެއެވެ. ހިތް ފުރެންދެން ރޯލުމުން ތިމާމީހާ ގެ މޫޑު ރަނގަޅުވެ، އިރުކޮޅެއް ފަހުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ހުރެވެއެވެ. ބައޮލޮޖިކަލް ގޮތުން ބަލާނަމަ ރުއިމަކީ ބެކްޓީރިއާތަށް މަރާލާ ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދޭ ކަމެކެއެވެ. ބައެއް ފަހަރު ބޭރު ކުރަން ބޭނުން ވެފަ ހުންނަ ނަމަވެސް ބޭރު ނުކުރެވި ހުންނަ ބައެއް އިހުސާސްތަށް ރުއިމުގެ ސަބަބުން ފަސޭހައިން ބޭރުކުރެވެއެވެ. ނަމަވެސް ހުރިހާ ކަރުނައަކީ ކޮންމެހެން އިހުސާސްތަކާ ގުޅޭ އެއްޗެއްނޫނެވެ. ލޮލަށް އެއްޗެއް ވެއްޓުމުން އެބޭރުކުރަން ލޮލުގެ އަމިއްލަޒާތުން ކުރާ މަަސައްކަތަކީ ވެސް ކަރުނަ އުފެއްދުމެވެ. އަދި ދުމާއި ހިރަފުސް ފަދަ އެއްޗެހީގެ އަސަރު ކުރުމުން ވެސް ކަރުނަ އައިސް ލޯ ސާފުވެއެވެ. ރުއިމަކީ ގުދުރަތީ ގޮތުން ލައްވާފައިވާ އަޖައިބެއްކަހަލަ ޝިފާދެނިވި ނިޒާމެކެވެ. އެހެން ނަމަވެސް ކޮންމެ ކަމެއްގަވެސް ދެކޮޅު އޮވެއެވެ. ރުއިމުގެ ސިއްހީ ފައިދާގެ އިތުރުން، އެއީ ހަށިގަނޑުގެ ވޭނެއް ބޭރަށް ދެއްކުމަށް ދޭ ސިގްނަލަކަށް ވާތީ، އެކަމުގެ ފަހަތުގައިވާ ކަމެއް އޮޅުން ފިލުވުން ވެސް ރަނގަޅެވެ. މިސާލަކަށް މާގިނައިން ރޮވޭނަމަ އެއީ ނަފްސާނީ ބޮޑު ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ