ރޮހިންޔާ މީހުންނަށް އިންސާފު ހޯދައިދިނުން އަވަސްކޮށްދޭނަން: އައިސީސީ

ރޮހިންޔާ މީހުންނަށް އިންސާފު ހޯދައިދިނުން އަވަސްކޮށްދޭނަން: އައިސީސީ
ލިޔުން:
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކުގެ ތަހުގީގު އަވަސްކުރާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބުނެފިއެވެ.
އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން، ބަންގްލަދޭޝް އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުގައި ވަނީ އެ ހަމަނުޖެހުންތަކުގައި ސަލާމަތްވި މީހުންނާ ބައްދަލުކުރައްވާފަ އެވެ.
މިޔަންމާގެ ރަކީން ސްޓޭޓްގައި 2017 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ސްޓޭޓުން ހިޖުރަކުރި ރޮހިންޔާ ދަރިކޮޅުގެ މީހުން ހިމާޔަތް ހޯދީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ އާބާދީ ކަމަށްވާ ކޮކްސް ބާޒާރުގައެވެ. 2018 ވަނަ އަހަރު އދ.ގެ މިނިވަން ފެކްޓް ފައިންޑިން މިޝަނަކުން ވަނީ މީހުން މެރުމާއި ރޭޕް ކުރުމާއި އަވަށްތައް އަންދާލި ކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ.
އެ ރިޕޯޓްތަކާ ގުޅިގެން އައިސީސީގެ ފަނޑިޔާރުން ވަނީ 2019 ވަނަ އަހަރު އެ ހާދިސާތަކުގެ ތަހުގީގެއް ހިންގުމުގެ ހުއްދަ ދީ، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ އަސާސުތަކެއް ދެނެގަނެފައެވެ.
އައިސީސީގެ ޓީމުން ތަހުގީގު އަވަސްކޮށް ކުރިއެރުންތައް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކަރީމް ހާން ނޫސްވެރިންނަށް ދެއްވިއެވެ. 1951 ވަނަ އަހަރު އދ.ގެ ރެފިއުޖީ މުއާހަދާގައި ބަންގްލަދޭޝް އިން ސޮއިކޮށްފައި ނުވި ނަމަވެސް، އިންސާނީ އެހީތެރިކަމާއި ރޮހިންޔާ ދަރިކޮޅުގެ މީހުން ބޭތިއްބުމަށް ބަންގަލްދޭޝްއިން އަދާކުރާ ރޯލު ފާހަގަކޮށް ކަރީމް ހާން އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އައިސީސީ އަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ ބާރު ލިބިގެންވާ ކޯޓެކެވެ.
ކަރީމް ހާން ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުގައި ވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންއާ ބައްދަލުކުރައްވާފައެވެ. ބަމިޔަންމާގެ ހާލަތާ ގުޅިގެން އައިސީސީން ކުރިއަށް ގެންދާ ތަހުގީގަށް ބަންގްލަދޭޝްގެ އެއްބާރުލުމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޮމެން ވަނީ ކަރީމަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
