މާލެ: 31°C

ރޯހިންގާ ކޭމްޕުގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތު

March 14, 2023
2 ފަހަރު ބަލާފައި
ރޯހިންގާ ކޭމްޕުގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތު
ރޯހިންގާ ކޭމްޕުގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތު
ބަންގްލަދޭޝްގެ ކޮކްސްބާޒާރުގައި ރޯހިންގާ ރެފިއުޖީން ދިރިއުޅޭ ކޭމްޕްގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ރާވައިގެން އެތާ ހުޅުޖެހުމުން ހިނގި ހާދިސާއެއް ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެފި އެވެ. މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 15،000 ރޮހިންޖާ ރެފިއުޖީން ގެދޮރު ގެއްލިފައިވެއެވެ. އަދި 2،800 އެއްހާ ހިޔާވަހި ވަނީ އަނދާ އަޅިއަށް ވެފައެވެ، ހަނގުރާމަވެރި ޖަމާއަތްތަކުން އަލިފާން ރޯކުރަން ފެށީ ކޭމްޕްތައް "ޑޮމިނޭޓް" ކުރުމަށް ކަމަށް ތަހުގީގަށް އިސްކޮށް ހުންނެވި ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ އަބޫ ސަފިޔާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްފަހަރާ އެތައް ތަނެއްގައި އަލިފާން ރޯވެފައިވާއިރު  އެއީ ރާވައިގެން ކޮށްފައިވާ ކަމެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވެ، ކޮކްސް ބާޒާރު ކޭމްޕްގެ ބައެއް ޑިސްޓްރިކްޓްތަކުގެ އިންފްރާސްޓްރަކްޗާ ނެޓްވޯކްތަކައީ ސްކޫލްތަކާއި ކްލިނިކްތަކާއި ސާވިސް ޕޮއިންޓްތައް ވަނީ ގެއްލުންވެފައެވެ. އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އެކުލަވާލި ހަތް މީހުންގެ ޕެނަލުން އާދީއްތަ ދުވަހު ވަނީ މަންޒަރު ދުށް 150 މީހުންނާ އިންޓަވިއު ކުރުމަށް ފަހު ރިޕޯޓް ހުށަހަޅައިފައެވެ. އަދި އެ ހާދިސާގެ ފަހަތުގައި ތިބި ޖަމާއަތްތައް ދެނެގަތުމަށް އިތުރު ތަހުގީގެއް ހިންގުމަށް ވަނީ ލަފާދީފައެވެ. ރޮހިންގާ ދަރިކޮޅުގެ މައިނޯރިޓީއާ ދެކޮޅަށް މިޔަންމާއިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިޔަންމާއިން ހިޖުރަކުރި އެއް މިލިއަނަށްވުރެ ގިނަ ރެފިއުޖީން ކޮކްސް ބާޒާރުގައި ދިރިއުޅެއެވެ. އެމީހުން ދިރިއުޅެނީ ބަނބުކެޔޮ އަދި ތުނި ޕްލާސްޓިކް ޝީޓިން އިން ހަދާފައިވާ ހަޓްތަކުގައެވެ. ތޮއްޖެހިފައިވާ މި ރެފިއުޖީ ކޭމްޕްތަކަކީ އަލިފާނުގެ ހާދިސާތަކުގެ ނުރައްކާ ބޮޑު ކޭމްޕްތަކެކެވެ. ކޮކްސް ބާޒާރުގައި ހިނގި އަލިފާނުގެ ހާދިސާގެ އިބްތިދާއީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އަލިފާންގަޑު އެހާ އަވަހަށް ފެތުރިފައި ވަނީ ކޭމްޕްތަކުގައި އާންމުކޮށް ހުންނަ ގޭސް ކުކަރުތަކުގެ ޒަރިއްޔާއިންނެވެ. ބަންގްލަދޭޝްގެ ދިފާއީ ވުޒާރާއިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރޮހިންޔާ ކޭމްޕްތަކުގައި އަލިފާނުގެ 222 ހާދިސާއެއް ހިނގާފައިވާ ކަމަށާއި އޭގެ ތެރޭގައި ރޯކޮށްލުމުގެ 60 މައްސަލަ ހިމެނޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ