މާލެ: 31°C

ރޮހިންގާ ރެފިއުޖީންނަށް ދޭ އެހީ ކަނޑައިލަން ޑަބްލިއުއެފްޕީން ނިންމުމުން ކަންބޮޑުވެއްޖެ

February 18, 2023
2 ފަހަރު ބަލާފައި
ރޮހިންގާ ރެފިއުޖީންނަށް ދޭ އެހީ ކަނޑައިލަން ޑަބްލިއުއެފްޕީން ނިންމުމުން ކަންބޮޑުވެއްޖެ
ރޮހިންގާ ރެފިއުޖީންނަށް ދޭ އެހީ ކަނޑައިލަން ޑަބްލިއުއެފްޕީން ނިންމުމުން ކަންބޮޑުވެއްޖެ
ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ދިރިއުޅޭ ލައްކައެއްހާ ރޮހިންގާ ރެފިއުޖީންނަށް ކާބޯތަކެތީގެ އެހީ ކަނޑައިލަން ނިންމާފައިވާތީ ކަންބޮޑުވުން އިތުރުވާން ފަށައިފިއެވެ. އދ.ގެ ކާބޯތަކެތީގެ އިދާރާ ޑަބްލިއުއެފްޕީން ބުނީ ރެފިއުޖީންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އަންނަ މަހު ކަނޑައިލަން ޖެހޭނީ ފައިސާ ނެތުމުން ކަމަށެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހަކު ދޭ އެލަވަންސް 17 އިންސައްތައިން 10 ޑޮލަރަށް ކުޑަކުރާނެ ކަމަށް ވެސް އެ ޖެންސީން ބުންޏެވެ. އެ އެޖެންސީން އިލްތިމާސް ކުރަނީ 125 މިލިއަން ޑޮލަރުގެ ފަންޑަކަށެވެ. "މި އެހީ ކަނޑައިލުމުން މިހާރުވެސް ކާބޯތަކެތީގެ ރައްކާތެރިކަން ނެތް ނިކަމެތި މީހުންގެ ހާލަތު ގޯސްވެދާނެ" އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފުޑް އިންސެކިއުރިޓީ މައިކަލް ފަހްރީ އާއި މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ ޓޮމް އެންޑްރޫޒް ބުރާސްފަތި ދުވަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވިދާޅުވިއެވެ. ބަންގްލަދޭޝްގެ ކޭމްޕްތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކަށް އެންމެ އެކަށީގެންވާ ކާނާ ނުލިބޭކަން ފާހަގަކޮށްފައިވާ އިރު، 2017 ވަނަ އަހަރު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން 750،000 އެއްހާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. "ރެފިއުޖީންނަކީ އެމީހުންގެ ނިއުޓްރިޝަނަލް ބޭނުންތަކަށް ގާތްގަނޑަކަށް މުޅިން ވެސް މި އެހީއަށް ބަރޯސާވެފައި ތިބޭ ބަޔަކަށް ވާތީ، މި ކަނޑާލުމުގެ ނަތީޖާ ދިގު ދެމިގެންދާނެ،" އދގެ ތަޖުރިބާކާރުން ވިދާޅުވިއެވެ. މީހުން ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ކުޑަކުދިންލައްވާ މަސައްކަތް ކުރުވުމާއި ކައިވެނީގެ މައްސަލަތައް މިހާރުވެސް ދަނީ އިތުރުވަމުންނެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައި ރޮހިންޔާ މީހުން ދަނީ ކަނޑުހުރަސްކޮށް މެލޭޝިއާ، އިންޑޮނޭޝިއާ އަދި އެނޫންވެސް ގައުމުތަކަށް ދަތުރުކުރަމުންނެވެ.  ބައިނަލްއަގުވާމީ އެންޖީއޯ ސޭވް ދަ ޗިލްޑްރަން އިން ބުނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ފުރަގަސް ދީގެން ނުވާނެ ކަމަށެވެ. ބަންގްލަދޭޝްގައި ހުންނަ ސޭވް ދަ ޗިލްޑްރަންސް ކަންޓްރީ ޑައިރެކްޓަރު އޮންނޯ ވެން މަނެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރޮހިންޔާ ކުދިންނާއި އެކުދިންގެ އާއިލާތައް ތިބީ ބްރޭކިން ޕޮއިންޓްގައި ކަމަށާއި އިތުރު އެހީތެރިކަން ބޭނުންވާ ކަމަށެވެ. މިޔަންމާގައި 2017 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ދަނީ ޖަރީމާހިންގުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ