ތިރީގައި އެވަނީ މަޝްހޫރު ރީކޯ މޫސާމަނިކު ސޯޝަލް މީޑިޔާގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކެވެ. ތިރީގައި މި ނަކަލުކޮށްލަނީ މޫސަގެ އަމިއްލަ ލިއުމެކެވެ. ވިދާޅުވެލައްވާށެވެ.
ބިދޭސީންގެ ކަންކަން ބަލާ ހަމަމަގަށްއެޅުވުމުގެ އޮޕަރޭޝަން ކުރިއަށް އެބަދާ ކަމަށްހީ ކުރަމެވެ.
އަޑުއަހަނީ ރައީސް ނާސިރުގެ ވެރިކަމުގާ ވޯރާ ވިޔާފާރިވެރިން ގެ އަތްދަށުން ދިވެހި ވިޔަފާރި މިންޖުކުރެއްވި ވާހަކައެވެ. ތާރީޚީ ޢިލްމުވެރިން އެވާހަކަ ޓީވީ ޗެނަލްތަކުގައި ކިޔައިދޭއިރު އެޒަމާނުގާ ވެސް ވިޔަފާރީގެ އިތުރުން ވޯރާއިންގެ އެހެން ގުޅުންތައްވެސް ދިވެހިންނާމެދު ހިނގާފާ ހުރިކަން އެނގެއެވެ. އޭރު ނުބެލޭ ކިތައްމެ ކަމެއް މިހާރު ބެލެން ހުރިއިރު ނިމިދިއަ ސަރުކާރުގެ އިކޮނޮމިކްމިނިސްޓަރު ގެ ޕްރޮގްރާމެއްގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންކުރެ މަދުބަޔަކު ގަލޮޅު ދަނޑަށް އެއްކޮށްލި ދުވަހު އެމަންޒަރު ފެނިފަ ހެއަށް ގޮތްވިއެވެ.
އަޅުގަނޑު ހިތަށް އެރީ މީވާ އެންމެ ސަރުކާރަކުން ހިންގާފައި އޮތް ވަގު ފާރިއެއް ނޫންތާއެވެ؟ އެފަހަރު އެ ސަރުކާރުގެ ވަޒީރު މޭޒުގަ އަތްޖަހާފަ ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގާ ގިނަ ބަޔަކު އުޅޭ ކަމަށާއި އެ އެއްންމެން ބޭރު ކުރާނެ ކަމަށެވެ، ކޮންމެވެސް ބަޔަކު ފުރައިގެންވެސް ދިއައެވެ. ސަރުކާރުތަކަށް ނުބެލެނީ އެންމެ މަތީ ފަންތިއާ ގުޅިގެން ބިދޭސީން ނުޤަވާއިދުންކުރާ ވިޔަފާރިއަށް ލިބޭ ފައިސާ ބޭރުކުރާ ބޮޑެތި ނެޓްވޯކްތަކުން ބޭންކުތައް މެދުވެރިކޮށް އެ ފައިސާ ރާއްޖޭން ބޭރުކޮށްލާ ގޮތެވެ.
ސަތޭކައެއްހާ މީހުން ރާއްޖޭގާ މިފަދަ ފައިސާ ބޭރުކުރާ އޭޖެންޓުންގެ ގޮތުގާ އުޅޭ ކަމަށް ވެއެވެ. އެއީ ވަކި އެއް ޤައުމެއްގެ ބައެއްވެސް ނޫނެވެ. ހާވަމުންގޮސް މިދެންނެވި މީހުނާ ހަމައަށްދާ އިރަށް ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ އޮބިދަނީއެވެ. ބުންބާ މީހުންގެ މައްސަލައެއް ފެންމަތި ވާއިރަށް އެމީހުން ބުނާ ކަމަށް ވަނީ"ކޮށްކޯ ކޮންވަތަރު! އަހަރުމެން މަތީކައިފަ އަހަރުމެންމަތީ އަލިފާން ބަހައްޓަނީދޯ؟ އެބަހުގެ މުރާދަކީ ސަރުކާރުގައި ތިބެގެން ތިމަންމެންގެ ފިހާރައަށް އައިސް ހިލޭ ތަކެތި ގެންގޮއްސަ އަދި އަހަރުމެނަށް ފިޔަވަޅު އަޅަން އަންނަނީ ދޯއެވެ؟
މިހާރު ވެސް ހަމަ މި ބަސް ބިދޭސީން އެބަ ބުނެއެވެ. މީހެއްގެ ބަކައްޓެއް ވަގައް ނަގައިގެން ކަތިލަން ބަނދެފާ އަނިޔާ ކުރަނިކޮށް ފެނިގެން ސުވާލު ކުރީމަ އެބުނަނީ " އަހަރެން މައްސަލަ ނެތީ، ބަކަރި މައްސަލަ ނެތީ ދެންކަލޭ ކޮން މައްސަލަ؟ ކަލޭ އެނގެނީދޯ މަ!!! ކަން މިހާ ހިސާބަށް ދިއައީމަ މުޅި ދައުލަތަށް ބަލަދު އަރާ ބައެއްގެ ގޮތުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވެއެވެ. ދެން އަވަހަށް އެކަން މަތިޖަހަން ވީމާ ނޫސްވެރިއަކު ލައްވާ ވިޔަފާރިވެރިއެއްގެ ބޮލުގާ ބިދޭސީންފިލާ މައްސަލަ އަޅުވާލައެވެ.
ވިޔަފާރިއަށް ގެންނަ ބިދޭސީ މީހާ ފިލަނީ ކޮންމެ ސަބަބަކާ ހުރެ ކަމުގާވިޔަސް އެސަބަބެއް ދެނެގަނެ ކުއްވެރިވާ ފަރާތަކަށް އަދަބު ދެވެން ޖެހޭނެއެވެ. ބިދޭސީން ރާއްޖެއަށް އެތެރެކުރެވެނީ އެމީހާގެ ގައުމަށް އަނބުރާ ފޮނުވާލެވޭ ވަރުގެ ޑިޕޮސިޓެއް ސަރުކާރުގާ ބަހައްޓާފައެވެ.
އެހެންވީމާ އެފަދަ މީހުން ރަށަށް ފޮނުވާލަން ސަރުކާރުން ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ޤާނޫނާ އެއްގޮތައް ކަންކަން ކުރުމަށް ފަހު ފިލިމީހާ އާއި ފިލުވިމީހާ އާއި ވަގަށް މީހުން ގެންގުޅޭ މީހާ އާއި ބިދޭސީ މީހާގެ ޙައްގުތަކަށް އިހުމާލުވީ މީހާ އާމެދު އިންސާފުކޮށް އަވަސް ނިޔާއިން އިންސާފް ޤާއިމްކުރުމުން މައްސަލަ ޙައްލު ކުރެވޭ ނެއެވެ.







