މާލޭގައި ކުރީގައި ހުރި ދަރުމާރުކޭޓްގެ ފޮޓޯއެއް...[/caption]
މަރުހޫމް ޝިހާބާ ބެހޭގޮތުން އެމަނިކުފާނު ނިކަން ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން ވަހީދުބެ ފާހަގަކުރެއްވިއެވެ. ޝިހާބަކީ އެ ބޭފުޅާ ކުރައްވާ ކަންކަމުގައި ވަރަށް ދުރަށް ވިސްނުން ބަހައްޓަވާ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ކަންކަން ކުރެއްވި ހެޔޮ ވެރިއެކެވެ.
މީގެ އެއް މިސާލަކީ އިބްރާހިމް އަލިދީދީ (ކިލެގެފާނު) ދުވަސްވަރު އައްޑޫ ގަން އިނގިރޭސިންނަށް ދެއްވި ކަންތައްގަނޑުގައި ޝިހާބު ކަންތައް ކުރެއްވި ގޮތެވެ.
ސަރުކާރު ހިންގުމަށް ބޮޑުވަޒީރެއްގެ ގޮތުގައި ކިލެގެފާނު ހުންނެވިއިރު ޝިހާބަކީ އެމަނިކުފާނުގެ ޕްރައިވެޓް ސެކެޓްރީއެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި ރައްޔިތުންގެ ރުހުމެއްނެތި އިނގިރޭސިންނަށް 100 އަހަރަށް އައްޑޫ ގަން ކުއްޔަށް ދެއްވި މައްސަލާގައި ޝިހާބް ވަނީ ރައްޔިތުންގެ މަޖިލީހުގައި ކިލެގެފާނާ ދެކޮޅަށް ވަކާލާތުކުރައްވާފައެވެ.
އެޑިޓަރުގެ ނޯޓް:
އިބްރާހިމް ޝިހާބުގެ ފަސްޓް ސެކެޓްރީއަކަށް ހުންނެވި ތުޅާދޫ ވަހީދުބެ މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ތުޅާދޫ ވަހީދުބެ އަކީ ދިވެހި ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ބައެއް އަތޮޅުތައް ހިންގެވުމުގެ ޒިއްމާގެ އިތުރުން، އޭނާ ވަނީ އޮޑިޓް އޮފީހުގައިވެސް 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.ރައްޔިތަކާމެދު ޝަރީއަތް ހިންގުމުގައި، މަރުހޫމް ޝިހާބް އަމަލުކުރެއްވި ރިވެތި އުސޫލުގެ ނަމޫނާއެއް

ރައްޔިތަކާމެދު ޝަރީއަތް ހިންގުމުގައި، މަރުހޫމް ޝިހާބް އަމަލުކުރެއްވި ރިވެތި އުސޫލުގެ ނަމޫނާއެއް
ލިޔުން:
މަރުހޫމް އިބްރާހިމް ޝިހާބް އަހަރެމެންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ، އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތައް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގެ އިތުރުން ލިޔުތެރިކަމާއި އެފަދަ ދެވަނައެއްނެތް ޅެންވެރިއެއްގެ ގޮތުގައި ކަމެވެ.
ޝިހާބަކީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ދައުލަތަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ޝަރަފްވެރި ބޭފުޅެއްވެސް މެއެވެ. ނައިބުރައީސްކަމުގެ މަގާމުން ފެށިގެން، ވުޒާރާތައް ހިންގެވުމުގައްޔާއި، މުހައްމަދު އަމީންދީދީ، އިބްރާހިމް ނާސިރު، އަދި ރައީސް މައުމޫނު ފަދަ ރައީސުންގެ އެންމެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވިއެވެ.
ޝިހާބް އެގްރިކަލްޗަރ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ހިނގާދިޔަ ހާދިސާއެކެވެ. އެގްރިކަލްޗަރ މިނިސްޓަރުކަމުގައި ޝިހާބް ހުންނެވީ 1975 ގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުން ފެށިގެން، 1978 ގެ ނޮވެމްބަރުމަހާ ހަމަޔަށެވެ. އޭރު ވެރިކަމުގައި ހުންނެވީ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
މިވާހަކަ އަޅުގަނޑަށް ކިޔައިދިނީ އެގްރިކަލްޗަރ މިނިސްޓަރުކަމުގައި ޝިހާބް ހުންނެވިއިރު، އޭރު އެމަނިކުފާނުގެ ސެކްރެޓަރީ މުހައްމަދު ވަހީދު (ތުޅާދޫ ވަހީދުބެ) އެވެ.
މާލޭ ދަރުމާރުކޭޓުގައި ކުރެދިދަރު ވިއްކައިގެން ށ އަތޮޅު މީހަކު އެގްރިކަލްޗަރ މިނިސްޓްރީއަށް ހާޒިރުކުރެވުނެވެ. ދަރުމާރުކޭޓުގައި ކުރެދިދަރު ވިއްކުމަކީ އެދުވަސްވަރު މަނާކަމެކެވެ. މާރުކޭޓްގައި ދަރު ވިއްކިކަން އެނގިއްޖެނަމަ ޝަރިއަތްކޮށް އަދަބު ދެވެއެވެ.
ކޮންމެއަކަށް ދަރުމާރުމާރުކޭޓުގައި ކުރެދިދަރު ވިއްކި މީހާ އެގްރިކަލްޗަރ މިނިސްޓްރީއަށް ގެނެސް އޭނާގެ މައްސަލަ ބަލަން ފެށުނެވެ. މި މީހާގެ މައްސަލަ ބަލައި ފަނޑިޔާރުގެއަށް ފޮނުވުމުގެ ކަންކަން ހަވާލުކުރެއްވީ ޝިހާބުގެ ސެކެޓްރީ ތުޅާދޫ ވަހީދުބެއާ އެވެ.
ކުރެދި ދަރު ވިއްކި މީހާ އެކަމަށް އިއުތިރާފުވެ، ވަހީދުބެ ކައިރި ބުންޏެވެ. އޭނާއަކީ ދަތުރުވަރެއްގައި މާލެއަށް އައި މީހެއް ކަމަށާއި، މުއްދަތެއް ނޭނގި އޭނާ މާލޭގައި ހުންނަން ވެއްޖެނަމަ އަނބިދަރިންނަށް އިތުރު ވޭނަކާއި ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ކަމެވެ.
ވަހީދުބެ ގޮސް މިވާހަކަ ޝިހާބުގެ އަރިހު އޭނާ ހުރި ހާލަތުގެ ވާހަކަ ދަންނަވައިފިއެވެ. އެހިނދު ޝިހާބު ވިދާޅުވިއެވެ. މާލޭގައި އޭނާ ބަހައްޓައިގެން ޝަރީއަތުން ދައުލަތަށް ލިބޭނެ މޮޅަކަށްވުރެ، އޭނާގެ އާއިލާއަށް އެކަމުން ލިބޭ ނިކަމެތިކަން މާބޮޑުވާނެއެވެ. ދިވެހި ރައްޔިތަކަށް ލިބޭ ކޮންމެ ދެރައަކީ ދިވެހި ދައުލަތަށްވެސް ލިބޭނޭ ދެރައަކާ ނިކަމެތި ކަމަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން ށ.ފަރުކޮޅު ކޯޓުގައި އޭނާގެ ޝަރީއަތް ކުރިއަށްގެންދަން އެއްބާރުންދިނުމަށް ޝަރުތުކޮށް އޭނާ ދޫކޮށްލަން ޝިހާބު އެދިވަޑައިގަތެވެ.
މިވާހަކަ ކިޔައިދިނުމަށްފަހު ވަހީދުބެ ވިދާޅުވިއެވެ. އެ މައްސަލައިގައި ހިމެނޭ މީހާގެ މައްސަލަ ނިމުނީ ދައުލަތަށާއި އޭނާއަށްވެސް އެއްވެސް ގެއްލުމެއް ނުލިބިއެވެ.
[caption id="attachment_100083" align="alignnone" width="382"]
މާލޭގައި ކުރީގައި ހުރި ދަރުމާރުކޭޓްގެ ފޮޓޯއެއް...[/caption]
މަރުހޫމް ޝިހާބާ ބެހޭގޮތުން އެމަނިކުފާނު ނިކަން ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން ވަހީދުބެ ފާހަގަކުރެއްވިއެވެ. ޝިހާބަކީ އެ ބޭފުޅާ ކުރައްވާ ކަންކަމުގައި ވަރަށް ދުރަށް ވިސްނުން ބަހައްޓަވާ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ކަންކަން ކުރެއްވި ހެޔޮ ވެރިއެކެވެ.
މީގެ އެއް މިސާލަކީ އިބްރާހިމް އަލިދީދީ (ކިލެގެފާނު) ދުވަސްވަރު އައްޑޫ ގަން އިނގިރޭސިންނަށް ދެއްވި ކަންތައްގަނޑުގައި ޝިހާބު ކަންތައް ކުރެއްވި ގޮތެވެ.
ސަރުކާރު ހިންގުމަށް ބޮޑުވަޒީރެއްގެ ގޮތުގައި ކިލެގެފާނު ހުންނެވިއިރު ޝިހާބަކީ އެމަނިކުފާނުގެ ޕްރައިވެޓް ސެކެޓްރީއެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި ރައްޔިތުންގެ ރުހުމެއްނެތި އިނގިރޭސިންނަށް 100 އަހަރަށް އައްޑޫ ގަން ކުއްޔަށް ދެއްވި މައްސަލާގައި ޝިހާބް ވަނީ ރައްޔިތުންގެ މަޖިލީހުގައި ކިލެގެފާނާ ދެކޮޅަށް ވަކާލާތުކުރައްވާފައެވެ.
އެޑިޓަރުގެ ނޯޓް:
އިބްރާހިމް ޝިހާބުގެ ފަސްޓް ސެކެޓްރީއަކަށް ހުންނެވި ތުޅާދޫ ވަހީދުބެ މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ތުޅާދޫ ވަހީދުބެ އަކީ ދިވެހި ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ބައެއް އަތޮޅުތައް ހިންގެވުމުގެ ޒިއްމާގެ އިތުރުން، އޭނާ ވަނީ އޮޑިޓް އޮފީހުގައިވެސް 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.
މާލޭގައި ކުރީގައި ހުރި ދަރުމާރުކޭޓްގެ ފޮޓޯއެއް...[/caption]
މަރުހޫމް ޝިހާބާ ބެހޭގޮތުން އެމަނިކުފާނު ނިކަން ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން ވަހީދުބެ ފާހަގަކުރެއްވިއެވެ. ޝިހާބަކީ އެ ބޭފުޅާ ކުރައްވާ ކަންކަމުގައި ވަރަށް ދުރަށް ވިސްނުން ބަހައްޓަވާ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ކަންކަން ކުރެއްވި ހެޔޮ ވެރިއެކެވެ.
މީގެ އެއް މިސާލަކީ އިބްރާހިމް އަލިދީދީ (ކިލެގެފާނު) ދުވަސްވަރު އައްޑޫ ގަން އިނގިރޭސިންނަށް ދެއްވި ކަންތައްގަނޑުގައި ޝިހާބު ކަންތައް ކުރެއްވި ގޮތެވެ.
ސަރުކާރު ހިންގުމަށް ބޮޑުވަޒީރެއްގެ ގޮތުގައި ކިލެގެފާނު ހުންނެވިއިރު ޝިހާބަކީ އެމަނިކުފާނުގެ ޕްރައިވެޓް ސެކެޓްރީއެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި ރައްޔިތުންގެ ރުހުމެއްނެތި އިނގިރޭސިންނަށް 100 އަހަރަށް އައްޑޫ ގަން ކުއްޔަށް ދެއްވި މައްސަލާގައި ޝިހާބް ވަނީ ރައްޔިތުންގެ މަޖިލީހުގައި ކިލެގެފާނާ ދެކޮޅަށް ވަކާލާތުކުރައްވާފައެވެ.
އެޑިޓަރުގެ ނޯޓް:
އިބްރާހިމް ޝިހާބުގެ ފަސްޓް ސެކެޓްރީއަކަށް ހުންނެވި ތުޅާދޫ ވަހީދުބެ މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. ތުޅާދޫ ވަހީދުބެ އަކީ ދިވެހި ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ބައެއް އަތޮޅުތައް ހިންގެވުމުގެ ޒިއްމާގެ އިތުރުން، އޭނާ ވަނީ އޮޑިޓް އޮފީހުގައިވެސް 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
