މާލެ: 31°C

ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތު މިއަދު

May 6, 2023
2 ފަހަރު ބަލާފައި
ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތު މިއަދު
ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތު މިއަދު
އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ޗާލްސް އަދި އަނބިކަނބަލުން ކަމީލާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު މިއަދު އޮންނާނެއެވެ. އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބައިވެރިވާ މި ހަފްލާ އޮންނާނީ އިނގިރޭސިވިލާތުގެ ގަޑިން އެގާރާ ޖަހާއިރުއެވެ. ކޮރޮނޭޝަން އަކީ އާ ރަސްގެފާނަކަށް ނުވަތަ ރާނީއަކަށް ރަސްމީކޮށް ޝާހީ ބާރުތައް އެރުވުމަށް ބާއްވާ ހަރަކާތެކެވެ. އެ ހަރަކާތުގައި، އުމުރުފުޅުން 74 އަހަރުގެ ރަސްގެފާނު ޗާލްސް ތިންވަނަ އަށް ތާޖު އަރުވާނެއެވެ. އެންމެ ފަހުން ކޮރެނޭޝަން  ބޭއްވީ 1953 އަހަރު ރާނީ އެލިޒަބަތު ދެވަނަ އުމުރުފުޅުން 27 އަހަރުގައި ރާނީކަމަށް ވަޑައިގަތުމުންނެވެ. އެ ރަސްމިއްޔާތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ކޮރޮނޭޝަން ހަފްލާއަކީ ބޮޑު ހަރަދެއް ހޭދަވާ ހަފްލާއަކަށްވާއިރު ޗާލްސް ރަސްގެފާނު ބޭނުންފުޅުވަނީ ވީހާވެސް ކުޑަ ހަރަދަކުން ހަފްލާ ބާއްވަން ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮރޮނޭޝަނަށް ފަހު ރަސްގެފާނު ޗާލްސް އާއި ކެމީލާ އެނބުރި ބަކިންހަމް ޕެލަސްއަށް ވަޑައިގަންނަވާނީ އެއަށްވުރެ ބޮޑު ރަސްމިއްޔާތެއްގައެވެ. އެ ދެ ބޭފުޅުން ޝާހީ އާއިލާއާ އެކު އަސްކަރީ ހަރަކާތްތައް ނިންމާލާނީ ގަނޑުވަރުގެ ބެލްކަނީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ