ރޯދަ މަސް ފެށުމާއެކު އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން އިތުރުވަނީ

ރޯދަ މަސް ފެށުމާއެކު އިޒްރޭލު ސިފައިންގެ އަނިޔާވެރިކަން އިތުރުވަނީ
ލިޔުން:
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ މީހަކު މަރާލައިފިއެވެ.
އިސްރާއީލުގެ ބޯޑަރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޑީގެ ހަމަލާތަކެއްގައި، ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނުގެ މީހަކު ހައްޔަރު ކުރުމަށް ބުރާސްފަތި ދުވަހުގެ ފަތިހު "އަންޑަކަވާ" ޔުނިޓުން އޮޕަރޭޝަނެއްގައި ހިންގާފައިވާ ކަމަށެވެ.
އިޒްރޭލު ފުލުހުން ބުނީ އޭނާ ގަޔަށް ބަޑި ޖެހީ، ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތް ކުރުމުން ކަމަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އުމުރުން 25 އަހަރުގެ އާމިރު އަބޫ ހަދީޖާގެ ބޮލަށް ބަޑިޖަހާ މަރާލާފައިވަނީ ތުލްކަރީމް ސިޓީގައި ކަމަށެވެ.
"ތުލްކަރީމް ބްރިގޭޑް" ގެ ނަމުގައި އިޒްރޭލާ ދެކޮޅަށް އުފެއްދި އާ ޖަމާއަތަކުން ބުނީ އާމިރު އަކީ އެ ޖަމާއަތުގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.
މީގެ ކުރީ އަހަރުތަކުގެ ރޯދަ މަހުވެސް އިސްރާއީލުގެ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި އަލްއަގްސާ މިސްކިތް ތެރޭގައި ހިނގި ހަމަނުޖެހުންތައް ހިމެނެއެވެ.
އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުން ވަނީ ދާދި ފަހުން މިސްރުގެ ޝަރްމް އަލް ޝެއިހްގެ ރިސޯޓެއްގައި ބައްދަލުކޮށްފައެވެ. އެމެރިކާ، މިސްރު އަދި އުރުދުންގެ އިސްވެރިން ބައިވެރިވި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ހަމަނުޖެހުންތައް މަދުކުރަން އެއްބަސްވެފައެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަހަކަށް އައިސް ކުރިމަތިލުންތައް ދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކު ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާތައް ދޭއިރު ޔަހޫދީ ވަޒަންވެރިންގެ ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 250 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ހަމަލާތަކުގައި އިސްރާއީލުގެ 40 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
