މާލެ: 31°C

ރޭލު އެކްސިޑެންޓުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް އަދަބު ދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވައުދުވެވަޑައިގެންފި

June 4, 2023
2 ފަހަރު ބަލާފައި
ރޭލު އެކްސިޑެންޓުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް އަދަބު ދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވައުދުވެވަޑައިގެންފި
ރޭލު އެކްސިޑެންޓުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް އަދަބު ދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވައުދުވެވަޑައިގެންފި
އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި ކުށްސާބިތުވާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވައިފިއެވެ. މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ދެ ފަސިންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި 288 މީހުން މަރުވެ 800 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ތާށިވެފައި ތިބި ފަސެންޖަރުންނާއި ޒަހަމްވި ހުރިހާ ފަސިންޖަރުން ސަލާމަތްކޮށްފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޮޑުވަޒީރު މޯދީ، އަމިއްލަފުޅަށް އެކްސިޑެންޓް ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިއީ ވޭންދެނިވި ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި ގަރުނުގައި އިންޑިއާއިން ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓްގެ ގޮތުގައި ސިފަކުރަމުން އަންނަ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އިބްތިދާއީ ރިޕޯޓަކުން ދައްކާ ގޮތުގައި ސިގްނަލް ފެއިލްވުމަކީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ސައުތު އީސްޓަން ރޭލްވޭގެ ޗީފް ޕަބްލިކް ރިލޭޝަންސް އޮފިސަރު ކޭއެސް އާނަންދު ވިދާޅުވިއެވެ. އެކްސިޑެންޓްގައި ބައިވެރިވި ދެ ޕެސެންޖަރު ރޭލުގައި ގާތްގަނޑަކަށް 2،000 ފަސިންޖަރުން ތިބި ކަމަށް ބެލެވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ