މާލެ: 31°C

ރާހުލް ގާންދީއަށް އިއްވި ހުކުމް މަޑުޖައްސާލަން އަމުރެއް ނެރެނުދިން

April 21, 2023
2 ފަހަރު ބަލާފައި
ރާހުލް ގާންދީއަށް އިއްވި ހުކުމް މަޑުޖައްސާލަން އަމުރެއް ނެރެނުދިން
ރާހުލް ގާންދީއަށް އިއްވި ހުކުމް މަޑުޖައްސާލަން އަމުރެއް ނެރެނުދިން
ޖިނާއީ އަބުރުގެ މައްސަލައެއްގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އިއްވާފައިވާ ހުކުމް މަޑު ޖައްސާލަން ގުޖުރާތު ސްޓޭޓުގެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ، މައްސަލަ ބޭރުކޮށްލައިފިއެވެ. ރާހުލް ގަންދީއަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލައި ކޯޓުން ވަނީ ބަލައިގަނެފައެވެ. އެކަމަކު މައްސަލަ މަޑު ޖައްސާލުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން އަންނަ އަހަރު ބާއްވާ ގައުމީ އިންތިހާބުގައި ރާހުލް ގާންދީއަށް ވާދަކުރެއްވޭނެ ކަމާ މެދު ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ރާހުލް، ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބީ އެއްވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ރާހުލްގެ ވަކީލުން ވަނީ އެ ނިންމުން ގުޖުރާތު ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ރާޙުލްގެ ޕާލަމެންޓުގެ ގޮނޑި ގެއްލުނީ ކުށެއް ސާބިތުވެ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަށް ވަރަށް ބޮޑަށް ފާޑުކިޔައި އެކަން ކޮށްފައިވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ސިޔާސީ ބަދަލު ހިފުމުގެ ތުހުމަތު ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ