މާލެ: 31°C

ރާހުލް ގާންދީގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފި

April 3, 2023
2 ފަހަރު ބަލާފައި
ރާހުލް ގާންދީގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފި
ރާހުލް ގާންދީގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފި
އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އިއްވާފައިވާ ދެ އަހަރުގެ ޖަލު ހުކުމު އިސްތިއުނާފް ކުރަން ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2019 ވަނަ އަހަރު ބޭއްވި އެއްވުމެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ނަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ރާހުލް ގާންދީއަށް މިދިޔަ މަހު ހުކުމް ކޮށްފައިވަނީ ގުޖުރާތު ސްޓޭޓްގެ ކޯޓަކުންނެވެ. ކުށް ސާބިތުވުމާއެކު ރާހުލް ގާންދީއަށް ވަނީ ގާނޫނު ހަދަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިވެސް ގެއްލިފައެވެ. ރާހުލް ނިސްބަތްވާ ކޮންގްރެސް އިން ބުނާ ގޮތުން ކޮށްފައިވާ ހުކުމަކީ ވެރިކަމުގައި އޮތް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ސިޔާސީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ކަމައް ކަމަށެވެ. ނަމަވެސް ބީޖޭޕީން ބުނީ އެ މައްސަލަ ބެލީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ކޮންގްރެސްގެ ވާހަކަ އެ ޕާޓީން ވަނީ ދޮގުކޮށްފައެވެ. އަންނަ އަހަރު އިންޑިއާގައި ގައުމީ އިންތިހާބެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާހުލްގެ މައްޗަށް އިއްވާފައިވާ ހުކުމް ސަސްޕެންޑް ކޮށްގެން ނޫނީ ނުވަތަ އެ މައްސަލައިން ބަރީއަވަންދެން ގާންދީއަށް ވާދަނުކުރެވޭނެއެވެ. ރާހުލް، ސޫރަތު ސިޓީގެ ކޯޓަށް ހާޒިރުވެވަޑައިގެންނެވީ އޭނާގެ ކޮއްކޮ ޕްރިޔަންކާ ގާންދީ ވަދްރާ އާއި ކޮންގްރެސްގެ އިސް ބައެއް ލީޑަރުންނާއެކު މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރާހުލްއަށް ތާއީދުކޮށް ކޮންގްރެސްގެ ގިނަ ބަޔަކު ކޯޓު ބޭރުގައި އެއްވެ، "ޑިމޮކްރަސީ ސަލާމަތްކުރޭ" ލިޔެފައިވާ ބެނާތައް ހިފައިގެން ތިއްބެވެ. ފުލުހުންގެ އިސް އޮފިޝަލަކު އޭއެންއައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސޫރަތުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. "ނީރަވް މޯދީ، ލަލިތު މޯދީ ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވިޔަސް، ހުރިހާ ވައްކަން ކުރާ މީހުންގެ ނަމުގައި މޯދީ ހުންނަނޯ ކީއްވެ؟" 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ބޭއްވި އެއްވުމެއްގައި ރާހުލް ގާންދީ ވަނީ ވިދާޅުވެފައެވެ. ނީރަވް މޯދީ އަކީ އިންޑިއާއިން ފިލައިގެން އުޅޭ އަދި ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލިތު މޯދީ އަކީ އިންޑިއަން ޕްރިމިއާ ލީގު (ކުރިކެޓް) ކުރީގެ ޗީފްއެވެ. އެ މައްސަލާގައި ރަހުލް ގާާންދީއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅުއްވީ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ޕޫރްނޭޝް މޯދީއެވެ. މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ވިދާާޅުވީ "މޯދީ" ކިޔާ މީހުންނަކީ ގޯސް ބައެއްގެ ގޮތުގައި ލޭބަލްކޮށްފައި ވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ