ރައީސް ޔާމީނު ޖަލަށްލުމަކީ ޕީޕީއެމުން އެދިއެދި ތިބި ކަމަކަށް ވެދާނެބާ؟

ރައީސް ޔާމީނު ޖަލަށްލުމަކީ ޕީޕީއެމުން އެދިއެދި ތިބި ކަމަކަށް ވެދާނެބާ؟
ލިޔުން:
ރާއްޖޭގެ ސިޔާސީ މަޝްރަޙް ނިއުޅެމުން އެނބުރެމުން އަންނަ ގޮތަށް ނަޒަރު ހިންގާ ބަލާއިރު ރައީސް ޔާމިނަށް ރިޔާސީ ނިޒާމަކުން ދިވެހިރާއްޖޭގެ ވެރިކަމަށް އާދެވުމަކީ ވުމަށްވުރެ ނުވުންގާތް ކަމެއްގެ ގޮތުގައި ޕީ.ޕީ.އެމް އަށް ނިސްބަތްވާ ވަރަށްގިނަ މެމްބަރުން ގަބޫލުކުރެއެވެ. އެ މެމްބަރުން ހިސާބު ޖަހާގޮތުގައި ވެރިކަމުގައި ރައީސް ޔަމީން ހުންނަވައި ކުރެއްވި ކެމްޕެއިންއަކުން ލިބުނު ވޯޓް މިހާރު ނިކުންނަވައިގެން ހޯއްދެވުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އަދި އޭރު ހޯދުނު ވޯޓަށްވުރެ އިތުރަށް ވޯޓް ހޯދިދާނެ އެއްވެސް ދޮރެއް އަދި މިހާހަމައަށް ސިޔާސީ މަޝްރަޙްގައި ހުޅުވިފައިވާތަނެއްވެސް އެ މެންބަރުންނަށް ފެންނާންނެތްކަމުގައިވެސް ގަބޫލުކުރެއެވެ، ނަމަވެސް އިހު ހޯދުނު ވޯޓަށްވުރެ ވޯޓް ލިބުން މަދުވާނެ އެތަށް ސަބަބެއް އެމެންބަރުން ފާހަގަކުރެއެވެ. އެގޮތުން ރައީސް ޔާމީނާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާނެކަމަށް ގަބޫލުކުރެވޭ ކަމަށާއި، އޭރު ޔާމީން އަރިހުގައި ތިއްބެވި ސިޔާސީގޮތުން މަގްބޫލު އެތަށް ފަރާތެއް ޔާމީނު ދޫކޮށް އެހެން ޕާޓީތަކާ ގުޅިފައިވާއިރު ޕީ.ޕީ.އެމް އާއި ގާތަށް އެހެން ޕާޓީތަކުން އެފަދަ ފަރާތްތައް އައިސްފައިވާތަން ނުފެނުން ފާހަގަކުރެއެވެ.
ރައީސް ޔާމީނަކީ ޕާޓީގެ ރޫޙް ކަމަށްވާތީ އެމަނިކުފާނާ ޖަދަލުކޮށް އެމަނިކުފާނު ފަހަށްޖެހެން ބުނަންކެރޭވަރަށްވުރެ ޕީ.ޕީ.އެމް ތެރޭގައި އެމަނިކުފާނުގެ ނުފޫޒް ގަދަ ކަމަށްވާތީ ޕީ.ޕީ.އެމް މެންބަރުން ތިބީ 2023 އެ ޕާޓީއަށް ހޯދޭނެ ކަމާމެދު އުންމީދު ކަނޑާލައިގެންކަން އެ މެންބަރުންގެ ވާހަކައިން ދޭހަވެއެވެ. ނަމަވެސް އޭރުވެސް އެ މެމްބަރުންނަށް އޮތް ހަމައެކަނި އުންމީދަކީ ކޯޓް ގައި ހިނގަމުންދިޔަ މައްސަލަ އެވެ. ކަން ނިމިގެން ދިޔައީ އެ މެންބަރުން ހިތުގެ އަޑިން އެދެމުން ދިޔަ ގޮތަށެވެ. ދިގު މުއްދަތެއްގެ ހުކުމެއް ރައީސް ޔާމީނުގެ މައްޗަށް އިއްވުމާއެކު މިހާރު އެވަނީ އެ މެންބަރުންނަށް އުންމީދުގެ ދޮރެއް ހުޅުވިފައިކަން ކަމަށާއި ނަމަވެސް އަދިވެސް ރައީސް ޔާމީން ގެ ނިންމުމެއް އެ މެންބަރުން އެދޭގޮތަށް ރައީސް ޔާމީނުގެ ފަރާތްފުޅުން އައުމާމެދު ފުރިހަމައަށް ޔަގީންކަން ނެތްކަންވެސް އެމެންބަރުން ފާހަގަކުރިއެވެ.
ލީޑާޝިޕް ގައި ވެރިކަން ބޭނުންވާ މީހުންގިނަވުމަކީ ރައީސް ޔާމީނަށް ޓިކެޓް ހިފެހެއްޓުމަށްލިބޭ އެއްމެ ބޮޑު އެޑްވާންޓޭޖު ކަމަށާއި އިސްވެރިން އެކުވެ އެކަށްޗެއްކިޔައި ރައީސް ޔާމީނަށް ވިސްނައިދީފިނަމަ ރައީސް ޔާމީން ޓިކެޓް ދޫކޮށްލާނެކަމަށްވެސް އެމެންބަރުން ގަބޫލުކުރެއެވެ.
މި މެމްބަރުންގެ ވާހަކަތަކަށް ބަލާނަމަ ރައީސް ޔާމީން ޖަލަށްލުމަކީ ޕީ.ޕީ.އެމް ގެ ވަރަށް ގިނަ މެންބަރުން އެދިއެދި ތިބިކަމެއްކަމަށާއި އެކަން ވުމުން އަނެއްކާވެސް އުންމީދު އައުވެއްޖެކަމަށް އެމެންބަރުން ބުނެއެވެ.
ނޯޓު: މިއީ ޕީޕީއެމްގެ އާންމު މެމްބަރެއްގެ ޚިޔާލެވެ. މިނިވަން ހިޔާލަށް މިނޫހުން އަބަދުވެސް މަރުހަބާ ކިޔަމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
