ރައީސް ޑރ. މުއިއްޒުގެ ވެރިކަމާ ގުޅިފައިވާ ބައެއް އާންމުންގެ އުންމީދުތައް

ރައީސް ޑރ. މުއިއްޒުގެ ވެރިކަމާ ގުޅިފައިވާ ބައެއް އާންމުންގެ އުންމީދުތައް
ލިޔުން:
އުމުރު ދެބައިވީ އިރުވެސް އަހުމަދު އިބްރާހީމު ހުރީ ހުސްހަށިބަޔަށެވެ. މީހަކާ އިނދެގެން ދިރިއުޅުން ކުރިއަށް ގެންދެވޭވަރުގެ އާމްދަނީއެއް ނުލިބޭތީއެވެ. އޭނާ އާހަރަށް ކުރާ އެންމެ ބޮޑު އުންމީދަކީ މީހަކާއިނުމެވެ. އެއީ އޭނާ ފްލެޓަށް އެދި ލީ ފޯމުގެ މާކްސް 90 އަށް އަރާކަމަށް މިހާތަނަށް އާންމުކުރި ލިސްޓުން ކަށަވަރުވެފައިވާތީ، މި އަހަރު އެ ފްލެޓް ލިބޭނެ ކަމަށް ކުރެވޭ އުންމީދު ބޮޑުކަމުންނެވެ.
މަރިޔަމް ޝިފާނާގެ އުންމީދަކީ އޭނާގެ ވަޒީފާ އަމިއްލަ ރަށަށް ބަދަލުވުމެވެ. މިހާރު އޭނާ ވަޒީފާ އަދާކުރަނީ މާލޭގެ ސަރުކާރު ސުކޫލެއްގައެވެ. ޓީޗަރަކަށެވެ. ރަށު ސްކޫލުގައި ޖާގަ ނެތިގެންނެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ އުފަންރަށުގައި، މައިންބަފައިން ގާތުގައި ވަޒީފާ އަދާކުރުމެވެ.
މިފަހަރު މުޅިން ތަފާތު ވާހަކައެކެވެ. އުމުރުން 22 އަހަރުގެ ޔޫސުފް އަނަސް ބޭނުންވަނީ ރޭސްޖަހާނެ ސައިކަލެކެވެ. އާ އަހަރުގެ ހުރީހާ އުންމީދެއްވެސް ގުޅިފައިވަނީ އެ ސައިކަލާއެވެ. އެހެން އެއްވެސް ކަމެއް އޭނަ ބޭނުމެއް ނުވެއެވެ.
ސިވިލް ސާވަންޓެއްކަމަށްވާ އަލީ ޝަމީމު ބުނީ އޭނާ ބޭނުންވަނީ ސިވިލް ސާވަންޓުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް ހަމަޖެހިގެން ދިއުމެވެ. އަދި ވެރިކަން ބަދަލުވެ، ވެރިން ބަދަލުވެގެންދާއިރު، ސިވިލްސާވަންޓުންނަށް ކުރިމަތިވާ ސިޔާސީ ޕްރެޝަރުތަކުން ސަލާމަތްވާނެ ރައްކާތެރި މާހައުލެއް ބިނާވެގެން ދިއުމެވެ.
މިފަހަރު ޑައިވަރެކެވެ. އޭނާ ބޭނުންވަނީ ދިވެހި ޑައިވަރުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޕްރޮގްރާމްތަކެއް ހިންގުމާއެކު އެމީހުންނަށް ވަޒީފާތައް ހޯދައިދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ގައުމީ ފެންވަރުގައި ކޮށްދިނުމެވެ.
"ރާޅާ އަޅާ ކުދިންނަށް އެބަ އަޅާލާ. އެވެސް އޯކޭ. އަހަރެން އެދެނީ ޑައިވަރުންނަށް ވެސް އިސްކަން ދިނުން. މިއީ ވަރަށް މުހިއްމު ފަންނެއް،" އޭނާ އިތުރަށް ބުންޏެވެ.
ސުވާލުކުރެވުނު ބައެއް މީހުން ބޭނުންވަނީ މިހާރުގެ ސަރުކާރުން ވައުދުވި ގޮތަށް ކޮރަޕްޝަނާ ދެކޮޅަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރުމެވެ.
"އަހަރެން އެންމެ ބޮޑު އުންމީދަކީ މިސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ވިވަޢުދުތަކާ އެއްގޮތަށް އަމަލުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދިއުން،" އިއްތިހާދުގެ ކެމްޕޭނުގައި އަވަދިނެތި އުޅުނު ޒުވާނާގެ ޝުއޫރު ފާޅުކުރިއެވެ. "އާއަހަރާއެކު ސަރުކާރުން ރައްޔިތުންގެ އަޑު ގާތުން އަހައި ރައްޔިތުން ރުހޭ ގޮތަށް ޚިދުމަތްތައް ބައްޓަންކޮށްދިނުމަކީވެސް ވަރަށް މުހިއްމު އުންމީދެއް."
ބޮޑުކަންނެލީގެ ޖަމިއްޔާގެ މެންބަރަކު މިނިވަން ނޫހަށް ވާހަކަ ދައްކަމުން ބުނީ 2020ގައި ހޭދަކުރި ދަތިގޮތްތަކުން އަރައިގަތުމަށް ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީގެ ވާދަވެރިކަން ފުޅާކޮށް މަސްވެރިންނަށް ހަގީގީ މަންފާ ހޯދައިދިނުމަށް މިދައިރުގައި ހެޔޮހިތުން މަސައްކަތްތަކެއް ސަރުކާރުން ކޮށްދިނުމަކީ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އަދި އެންމެ އެދޭ ކަންތަކެވެ.
މި އެންމެންގެ އުންމީދުތައް ހާސިލުވާން އޮތީ ސަރުކާރުން އަމަލުކުރާ ގޮތަކުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
