މާލެ: 31°C

ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފި

March 10, 2023
2 ފަހަރު ބަލާފައި
ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފި
ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފި
ޗައިނާގެ ޕާލިމެންޓުން އެގައުމުގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިހާބުކޮށްފިއެވެ. 3000 މެމްބަރުންގެ މައްޗަށް އެކުލެވޭ ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ހުރިހާ މެމްބަރުންހެން ވަނީ ޝީ މަގާމަށް ހޮވުމަށް ވޯޓް ދެއްވާފައެވެ.  އާ ޕާލިމެންޓުގައި 2،952 މެމްބަރުން ޝީއަށް ވޯޓު ދެއްވިއިރު ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ. އެމަނިކުފާނު، އާ ދައުރަކަށް ހޮވާފައި މިވަނީ ރައީސްކަމުގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރު ކަމަށް އޮތް ގާނޫނު ބަދަލު ކުރުމަށް ފަހުގައެވެ. އެ ބަދަލު ގެނެސްފައިވަނީ 2018 ވަނަ އަހަރުއެވެ.

އާ ނައިބު ރައީސް ކަމަށް ހަން ޒެންގް ހޮވާފައިވާއިރު މަޖިލީހުގެ އާ ޗެއާއަކަށް ހޮވިފައި ވަނީ ޒާއޯ ލެޖީއެވެ.

ތިންވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަތުމާއެކު ޗައިނާގެ ސިފައިންގެ ވެރިޔާގެ މަގާމަށްވެސް ޝީ ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ