މާލެ: 31°C

ރައީސް ޑރ. މުއިއްޒު އެސްޓޯނިއާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

January 16, 2025
112 ފަހަރު ބަލާފައި
ރައީސް ޑރ. މުއިއްޒު އެސްޓޯނިއާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުއިއްޒު އެސްޓޯނިއާގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް އެވެ. މިޒިޔާރަތުގައި ރައީސް ޑރ. މުއިއްޒު ވަނީ، އެ ދާރުލްއާސާރުގެ "އެންކައުންޓަރސް" މައުރަޒު ބައްލަވާލައްވާފައެވެ. މައުރަޒު ބައްލަވާލެއްވުމަށްފަހު އެ މަނިކުފާނު ވަނީ ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ. ޓާރްޓޫގައި ހުންނަ ގައުމީ ދާރުލްއާސާރު ހާއްސަކޮށްފައިވަނީ އެ ގައުމުގެ ތާރީހާއި ސަގާފަތާއި އާދަކާދަތައް ދައްކާލުމަށެވެ. އެތަނުގައި ހުރި އެކި މައުރަޒުތަކުން، އެ ގައުމުގެ އެވޭލާ ތާރީހާއި، ޒަމާނީ އިޖުތިމާއީ ކުރިއެރުންތަކާއި، އިޖުތިމާއީ ޝަޚްޞާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްގީ ދައްކުވައިދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ