މާލެ: 31°C

ރާއްޖެއަށް 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ގެންދަން އުޅުނު ބަޔަކު އިންޑިއާއިން ހައްޔަރުކޮށްފި

January 27, 2025
496 ފަހަރު ބަލާފައި
ރާއްޖެއަށް 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ގެންދަން އުޅުނު ބަޔަކު އިންޑިއާއިން ހައްޔަރުކޮށްފި
އިންޑިއާ އިން ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ގެންދަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އިން ހައްޔަރުކޮށްފި އެވެ.

އިންޑިއާ އިން ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ގެންދަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އިން ހައްޔަރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާގެ ޓްޓިކޮރިން ބަނދަރުން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް އަށް ލިބުމާ އެކު ޓުޓިކޮރިން ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށް ފާރަލަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލާފާސްކުރިއިރު އެމީހުން އަތުން 12 ދަޅުގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮސްފައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ މީހަކާއި، ޓްޓިކޮރިން އަށް ނިސްބަތްވާ އުމުރުން 34 މީހަކާއި 33 އަހަރުގެ 2 މީހުންނާއި، 30 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) މީހެއްކަމަށާއި، އެ މީހުން ރާއްޖެއަށް އެތަކެތި އެތެރެކުރުމަށް ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން ފާސް ކޮށްދިމުނުގފެ ތުހުމަތު ކުރެވެނީ އެމީހާއަށްކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ