ގުރުއާން އެންދުން ސްވިޑަން އިން އެންމެ ފަހުން ކުށްވެރިކޮށްފި

ގުރުއާން އެންދުން ސްވިޑަން އިން އެންމެ ފަހުން ކުށްވެރިކޮށްފި
ލިޔުން:
ސްވިޑެންގެ ސްޓޮކްހޯމްގެ މައި މިސްކިތުގެ ބޭރުގައި ހގުރުއާންގެ މުސްއަފެއްގައި ރޯކޮށްލި މައްސަލަ ސްވިޑަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމީހުން ވަނީ އެއީ "އިސްލާމް ދީނަށް ފުރައްސާރަކުރާ" އަމަލެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ. މިކަން ކުށްވެރިކޮށްފައި މިވަނީ މުސްލިމުންގެ މާތް ވެގެންވާ ފޮތަށް ފުރައްސާރަކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ އިސްލާމީ ޖަމިއްޔާއަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައި ވަނިކޮށެވެ.
ސްވިޑެންގެ ހާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ވަކި ވަކި ފަރުދުން ހިންގާ އިސްލާމްދީނަށް ފުރައްސާރަކުރާ އަމަލުތަކަކީ މުސްލިމުންނަށް ވަރަށް ބޮޑަށް އިހާނެތިކޮށް ހިތުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. ސަރުކާރުން ގެންދަނީ ހާލަތުގެ ސީރިއަސްކަން ގަބޫލުކޮށް ދީނީ ގޮތުން އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނުވަތަ އިހާނެތިކަމެއް ކުރާނަމަ އެކަން ކުށްވެރިކުރަމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އަދި މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން އެއީ އެއްވެސް ގޮތަކުން ސްވިޑަން ސަރުކާރުގެ ވިސްނުން ދައްކުވައިދޭ ކަމެއް ނޫން" ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
