ޕީޓީއައި އުވާލާއިފިނަމަ އެހެން ޕާޓީއެއް އުފައްދާނަން: އިމްރާން ހާން

ޕީޓީއައި އުވާލާއިފިނަމަ އެހެން ޕާޓީއެއް އުފައްދާނަން: އިމްރާން ހާން
ލިޔުން:
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ގެ ސިޔާސީ ޕާޓީ، ތަހްރީކޭ އިންސާފް (ޕީޓީއައި) އުވާލައިފިނަމަ ކުރިއަށް އޮތް އާންމު އިންތިހާބުގައި ވާދަކުރަން އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުން އޭނާ ގެންގުޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އާ ޕާޓީން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިއްކީ އޭޝިޔާ ކިޔާ ނޫހަކަށް އިމްރާނާ ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
މެއި މަހުގެ ނުވަ ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އެތައް އަދަދެއްގެ ފުލުހުންނާއި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ލިބުމާއި ގުޅިގެން އެ ޕާޓީ މަނާކުރުމަށް އެކި އިދާރާތަކުން ދަނީ ގޮވާލަމުންނެވެ. ޕާކިސްތާނުގެ ދާހިލީ ވަޒީރު ރަނާ ސަނައުﷲ ވިދާޅުވީ ޕާޓީ މަނާކުރުމަކީ ހަމައެކަނި ހައްލު ކަމަށެވެ. ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ވަނީ އެފަދަ ފިޔަވަޅެއް އެޅުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން އަދި ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވެސް ވަނީ ޕީޓީއައި މަނާކުރުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނިކްކީ އޭޝިއާއިން އޭނާގެ ސިޔާސީ މުސްތަގުބަލަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އެ ޕާޓީ އުވާލި ނަމަވެސް އެހެން ނަމެއްގައި އާ ޕާޓީއެއް އުފައްދައި އަދިވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެ ޕާޓީގެ ތާއީދު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ބިރުދައްކައިގެން ޕާޓީ ބަލިކަށި ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ޕާޓީގެ ކެންޑިޑޭޓުންނަށް އާންމު އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދީފިނަމަ މުޅި އިންތިހާބީ މަރުހަލާ "ބަދުނާމު"ވާނެ ކަމަށެވެ. އަދި މިފަދަ މަންޒަރަކުން ގައުމު އިތުރަށް ހަލަބޮލިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
